ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ކޮމިޓީތަކުން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް
އެމްޑީޕީ އަންހެނުންގެ ރޫހުން ރ. އަތޮޅަށް ކުރި ދަތުރުގެ ތެރެއިން (ފޮޓޯ: ފައިލް)

އައްޑޫ ސިޓީގެ އަންހެނުންގެ ރޫޙުގެ ކޮމެޓީން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް

*އެމްޑީޕީގެ 7 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްޑޫ ސިޓީ ހުރިހާ ދާއިރާ އަކާ ގުޅިގެން 6 ކޮމެޓީގެ ފަރާތުން ވަރަށް ގިނަ ތަފާތު ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.
* މިގޮތުން ފޯރމް ފުރުމުގެ މޭޒެއް ބަހައްޓައިގެން 250 މީހުން މެންބަރުންނަށް ވުމަށް ވަނީ ފޯރމް ފުރާފައެވެ. މިގޮތުން ފޯރމް ފުރުމަށް މޭޒެއް ބަހައްޓާފައިވާ ކަން އިއުލާނުކޮށް އާއްމުންނަށް އަންގާ އަދި ރޫހުގެ އަންހެން ބޭފުޅުން ނުކުމެ 7 ދުވަހު ކުރި މަސައްކަތުން މިއަދާ ހަމައަށް މަތީގައިވާ ޢަދަދަށް ވަނީ ފޯރމް ފުރާފައެވެ. މިގޮތުން މަހަކު 1 ދުވަސް އެސިޓީގެ ފަރާތުން މެންބަރުން އިތުރު ކުރުމުގެ ގޮތުން ފޯރމް ފުރުމަށް ވަނީ ހަމަޖައްސާފައެވެ.
* އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭގައި ވަރަށް ބޮޑު ޖަލްސާއެއް އެސިޓީގައި ބޭއްވި އެދުވަސް ފާހަގަކުރުމަށްޓައި ، ހިގާފައިވާ ހާދިސާތަކާ ކުރިމަތިވި ކަންކަމުގެ މައްޗަށް އަލިއަޅުވާ ޝުޢޫރު ފާޅުކުރުން ހަރުގޭގައި ބޭއްވިފައިވެއެވެ.
* އަދި ހަމަ މާލޭގައި ބަޢާވާތާ ދެކޮޅަށް ބާއްވަމުން ގެންދާ ކޮންމެ ހުކުރު ދުވަހެއްގެ ބޮޑު މުޒާހަރާގައި އެސިޓީން ބައިވެރި ވުމަށްޓަކައި މިހާރު ދަނީ އެކަން އިއުލާންކޮށް އަންހެނުންގެ ރޫޙުން އެކަން ތައްޔާރު ކުރަމުންނެވެ. މިގޮތުން ދިދައާއި، ލިޔުން ތައްތައްޔާރު ކުރުމުގައި އަންހެނުންގެ ރޫހުގެ އަންހެން ބޭފުޅުން މިހާރުއްސުރެ ތައްޔާރު ވަމުން ދާކަން އެސިޓީން މަޢުލޫމާތު ދެއްވާފައި ވެއެވެ.
* ޖުލައި މަހުގެ 7 ވަނަ ދުވަހު އަންހެނުންގެ ރޫޙުގެ ފަރާތުން އަންހެނުންގެ ހަރަކާތްތަށް ހިނގުމަށްޓަކައި ފަންރައިޒު ކުރުމުގެ ގޮތުން މަރަދޫފޭދޫގައި ޓިކެޓް ވިއްކައިގެން ހަވީރީ ސައެއް އޮންނަ ގޮތަށް ވަނީ ހަޖައްސާފައެވެ. މިގޮތުން މަރަދޫ ފޭދޫގެ އަންހެނުންގެ ރޫހުގެ އެންމެހާ އަންހެން މެންބަރުން ވަރަށް ބުރަކޮށް މަސައްކަތްތަށް ކުރަމުންނެވެ. މި މަސައްކަތް ތަކުގައި އެމްޑީޕީގެ ފިރިހެން މެންބަރުންނާއި އަދި ޒުވާނުންގެ އެއްބާރުލުމާއި ހިތްވަރު އަންހެނުންގެ ރޫޙުގެ މަސައްކަތަކަށް ލިބިގެންދާ ކަމުގައި އެސިޓީގެ އަންހެނުންގެ ރޫޙުގެ ކޮމެޓީން ޚަބަރު ދެއްވާފައިވެއެވެ.
25 ޖޫން 2012
އަންހެނުންގެ ރޫޙުން ޚަބަރު: ޖަބީން.
————————————————

ފުވައްމުލަކުގައި އަންހެނުންގެ ރޫޙުން ހިންހި ހަރަކާތްތަކާ އަދި ކުރަމުން ގެންދާ މަސައްކަތްތަށް

*އެމްޑީޕީ ގެ 7 ވަނަ އަހަރީ ދުވަހަސް ފާހަގަ ކުރުމުގެ ގޮތުން 15 ފޫޓް ގެ ކޭކުއަޅާ ކޭކު ފެޅުމާއެކު ވަރަށް ޚާއްސަ ޖަލްސާއެއް އެރަށުގައި ވަނީ ބޭއްވިފައި. އަދި ދޫޑިގަމުގައިވެއް އަންހެނުންގެ ރޫޙުގެ ފަރާތުން ވަރަށް ފުރިހަމަ ޖަލްސާއެއް ބޭއްވި ހަރަކާތްތަށް ދަނީ ހިންގަމުންނެވެ.
* މިގޮތުން އިސްވެރިންނާއި ރަށުގެ ހަރަކާތް ތެރިވާ އަންހެން ފިރިހެން އަދި ޒުވާން ބޭފުޅުން ދިޔައީ ސްޓޭޖްގައި ޝުޢޫރ ފާޅު ކުރަމުންނެވެ. މިގޮތުން ބައާވާތަކުން ވައްޓާލި ވެރިކަން ރައްޔިތުންނާ ޙަވާލު ކުރުމަށް ގޮވާލާފައިވެއެވެ. އަދި ރައީސް ނަޝީދު ހައްޔަރު ކޮށްފި ނަމަ އެމީހުންވެސް މަޑުން ނުތިބޭނެ ކަމާ ސަރުކާރާ ދެކޮޅަށް ނިކުމެ އަޑުއުފުލާ ޖަލަށްވެސް ވަނުމަށް ތައްޔާރަށް ތިބިކަމުގެ ޝުއޫރުވަނީ ފާޅުކޮށްފައެވެވެ. މިއީ ފުވައްމުލަކުގެ 8 އަވަށުގެ ކޮމެޓީތަށް ގުޅިގެން ހިންގާފައިވާ ހަރަކާތް ތަކެކެވެ.
* މިދިޔަ ހަފުތާގައި މެންބަރުން އިތުރު ކުރުމުގެ ގޮތުން ފޯމް ފުރުންވެސް 7 ދުވަހުގެ މުއްދަތަށް ހުޅުވާލައިގެން ގިނަ އަދަދެއްގެ މީހުން މެންބަރުންނަށް ވުމަށް ފޯރމް ފުރާފައިވާކަން ހާމަކުރިއެވެ. އަދިވެސް ކޮންމެ މަހެއްގެ 1 ވަނަ ދުވަހު ފޯރމްފުރުން ބޭއްވުމަށްވެސް އެކޮމެޓީތަކުން ވަނީ ހަމަޖައްސާފައެވެ.
25 ޖޫން 2012
ޚަބަރު ފުވައްމުލަކު އަންހެނުންގެ ރޫޙް
—————————————————

އއ. މަތިވެރީގެ އަންހެނުންގެ ރޫޙުން ކޮށްފައިވާ މަސައްކަތްތަކު ޚަބަރު ކުރުކޮށް

*މަތިވެރީގެ އަންހެނުންގެ ރޫޙުގެ ފަރާތުން އެމްޑީޕީ ގެ 7 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ވަރަށް ބޮޑު ޖަލްސާއެއް ވަނީ ހަރުގޭގައި ބާއްވާފައެވެ.
* މި ޖަލްސާގައި ސަރުކާރު ވަގަށް ފޭރިގަނެން ޤައުމުގެ ވެރިކަން ވައްޓާލާފައިވާތީ ހުރިހާމީހުންގެ ޝުޢޫރުތަށް މައިގަނޑު ގޮތެއްގައި އެކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
* މުއްސަދި ބާގީ ބުރުމާއާއި، ޗަމްޕާ ، ވަހީދުއްދީން އާއި، ބާގީ ވަހީދު ނާޒިމް ، ޢަބަދުﷲ ރިޔާޒު ހިންގާފައިވާ ބޮޑު ޖަރީމާ ކުއްވެރިކޮށް ޒުވާނުންނާއި، ހަރުކުލައިގެ މީހުންނާއި އަންހެނުން ވާހަކަ ދައްކާ ޝުޢޫރުފާޅުކޮށް އަޑުއުފުލާފައިވެއެވެ.
* ޤައުމުގެ ވެރިކަން ވަގަށް ނަގައި ރައްޔިތުންނަށް ލިބެމުންދާ ޚިދުމަތްތަށް ހުއްޓުވައި އަތްއަޅަމުން ގެންދިޔުމާއި، އާސަންދަ އާއި އަންހެނުންނަށް ލިބެމުންދާ މިނިވަންކަންމަށް ހުރަސް އަޅައި ، ލިބޭ ޢިނާޔަތްތަށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް ކުއްވެރިކޮށް ވަގުތުން ވަގުތަށް ވެރިކަމުން ފައިބައިގެން ފެއްސިގެން ދިޔުމަށް އަޑުހަރުކޮށް އެމީހުން ގޮވަމުން ގެންދިޔައެވެ.
* އަދި އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 25 ޖޫން 2012 ދުވަހުގެ ހަވީރު 4.30 ން ފެށިގެން ރަށުގައި ހިގާލެއް އިންސާފަށް ލޯބިކުރާ އެންމެންގެ މެދުގައި ބާއްވާފައި ވެއެވެ. މިހިގާލުމުގައި ޒުވާނުންނާއި ، އެމްޑީޕީގެ އެމްމެހާ މެންބަރުންނާއި އަދި އަންހެނުންގެ ރޫޙުގެ އެންމެހާ މެންބަރުން ބައިވެރިވެފައި ވެއެވެ.
* ރޭގެ ޖަލްސާ ނިންމާލީ އެމްޑީޕީގެ އެންމެ ސަޤާފީ އައިޓަމް ބޮޑިބަތަކުންކަންވެސް ފާހަގަކޮށްލާފައިވެއެވެ.
25 ޖޫން 2012
ޚަބަރު އަންހެނުންގެ ރޫޙުގެ ކޮމެޓީ
———————————————-

ވިލިގިލީ ކޮމެޓީގެ ފަރާތުން ލިބިފައިވާ ޚަބަރު

* ވިލިގިލީގެ އެމްޑީޕީގެ ހަރުގޭގައި ތަޅުން އެޅުމުގެ މަސައްކަތް އެ އަވަށުގެ އެމްޑީޕީގެ އެންމެހާ މެންބަރުންގެ އިސްނެގުމާއެކު ފައިސާގެ އެހީއެއް ލިބުމާއެކު ހަރުގޭގައި މިހާރު ތަޅުން އެޅުމުގެ މަސައްކަތް ފެއްޓުމަށް ދަނީ ތައްޔާރުތަށް ކުރަމުންނެވެ.
* އަދިވެސް އެކަމަށް ފަންޑު ހޯދުމަށް އަންހެނުންގެ ރޫޙާއި އަދި އެމްޑީޕީގެ މެންބަރުންގެ ފަރާތުން ކުރަމުންދާ ކަމުގައި މަޢުލޫމަތު ދެއްވާފައިވެއެވެ.
* އަންހެނުންގެ ރޫހާ ގުޅިގެން ވިލިގިލީ އަންހެނުންގެ ރޫޙުގެ ކޮމެޓީގެ ފަރާތުން ވަރަށް ޚާއްސަ ޖަލްސާއެއް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ބޭއްވުމަށްވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ދޮރުން ދޮރަށް ޑޯރޓްޑޯ ޖެއްސުމަށްވެސް ފެއްޓުމަށް ރާވާފައި ވުމާއި އެމްޑީޕީގެ ރަޖިސްޓްރީ މެންބަރުންގެ ޢަދަދު ހޯދުމަށްވެސް އެކޮމެޓީގެ ފަރާތުން އެމަސައްކަތް ކުރަން ފަށަން ތައްޔާރުވެފައިވާ ކަމަށް މަޢުލޫމާތު ދީފައިވެއެވެ.
* ޕާރޓީއަށް މެންބަރުން ހޯދުމުގެ މަޤްސަދުގައި މެންބަރ ޝިޕްފޯރމް ފުރުމުގެ މަސައްކަތްވެސް ރަސްމީގޮތުން ފެއްޓުމަށް ޓަކައި މަހަކު 1 ދުވަސް އެކަމަށް ކަނޑައަޅައި މިހާރު އެދުވަސްވެސް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށް ޚަބަރު ދެއްވާފައި ވެއެވެ.
25 ޖޫން 2012
ޚަބަރު އަންހެނުންގެ ރޫހުގެ ކޮމެޓީ
———————————————————-

ހުޅުމާލެ ކޮމެޓީގެ ފަރާތުން ލިބިފައިވާ ޚަބަރު

* ހުޅުމާލޭގެ އެމްޑީޕީގެ ހަރުގޭގައި ބިންގާ އެޅިފައިވާތީ އެހަރުގެ ނިމުމާއެކު އަންހެނުންގެ ރޫހުންވެސް އެތަނުގައި މަސައްކަތް ކުރެވޭނެގޮތް ހަމަ ޖެހޭނެ ކަންވަނީ ހާމަ ކޮށްފައެވެ.
* އަދިވެސް އެކަމަށް ފަންޑު ހޯދުމަށް އަންހެނުންގެ ރޫޙާއި އަދި އެމްޑީޕީގެ މެންބަރުންގެ ފަރާތުން ކުރަމުންދާ ކަމުގައި މަޢުލޫމަތު ދެއްވާފައިވެއެވެ.
* އަންހެނުންގެ ރޫހާ ގުޅިގެން ހުޅުމާލޭ އަންހެނުންގެ ރޫޙުގެ ކޮމެޓީގެ ފަރާތުން ވަރަށް ޚާއްސަ ޖަލްސާއެއް އަންނަ ޖުލައި މަހުގެ ދެވަނަ ހަފުތާގެ ތެރޭގައި ބޭއްވުމަށްވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ދޮރުން ދޮރަށް ޑޯރޓްޑޯ ޖެއްސުމަށްވެސް ފެއްޓުމަށް ރާވާފައި ވުމާއި އެމްޑީޕީގެ ރަޖިސްޓްރީ މެންބަރުންގެ ޢަދަދު ހޯދުމަށްވެސް އެކޮމެޓީގެ ފަރާތުން އެމަސައްކަތް ކުރަން ފަށަން ތައްޔާރުވެފައިވާ ކަމަށް މަޢުލޫމާތު ދީފައިވެއެވެ.
* ޕާރޓީއަށް މެންބަރުން ހޯދުމުގެ މަޤްސަދުގައި މެންބަރ ޝިޕްފޯރމް ފުރުމުގެ މަސައްކަތްވެސް ރަސްމީގޮތުން ފެއްޓުމަށް ޓަކައި މަހަކު 1 ދުވަސް އެކަމަށް ކަނޑައަޅައި މިހާރު އެދުވަސްވެސް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށް ޚަބަރު ދެއްވާފައި ވެއެވެ.
25 ޖޫން 2012
ޚަބަރު އަންހެނުންގެ ރޫހުގެ ކޮމެޓީ
—————————–

ތ. ތިމަރަފުށީގެ އަންހެނުންގެ ރޫހުގެ ކޮމެޓީގެ ޚަބަރު ކުރުކޮށް

*އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަރުގޭގައި ޝުޢޫރު ފާޅުކުރުން ބޭއްވިފައި ވެއެވެ. އަދި ޒުވާނުންނާއި އެމްޑީޕީގެ ފިރިހެން މެންބަރުންނާއި، އަންހެނުންގެ ރޫހުގެ އެންމެހާ މެންބަރުން ވާހަކަ ދައްކާ ޝުޢޫރު ފާޅުކުރުން ހާމަކުރި އެވެ.
* ޖަލްސާ ނިންމާލީ ޕާރޓީގެ ސަޤާފީ އައިޓަމް ބޮޑިބަތަކުން ކަމުގައި ހާމަކުރިއެވެ.
* މެންބަރުން އިތުރު ކުރުމުގެ ގޮތުން 7 ދުވަހުގެ މުއްދަތަށް ފޯރމް ފުރުމަށް ފުރުސަތު ހުޅުވާލައިގެން ކޮމެޓީގެ ހަރަކާތްތަށް ކުރިޔަށް ގެންދާކަމަށް ޚަބަރު ކޮމެޓީގެ ފަރާތުން ދެއްވާފައިވެއެވެ.
25 ޖޫން 2012
ޚަބަރު އަންހެނުންގެ ރޫޙުގެ ކޮމެޓީ

——————————————————-

އަންހެނުންގެ ރޫހުން އިންތިޒާމުކޮށްގެން ބާއްވާ ޖަމްބަލްސޭލް

* އެމްޑީޕީ އަށް 7 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޖަމްބްލް ސޭލްއެއް ބޭއްވުމުގެ މަސައްކަތް އަންހެނުންގެ ރޫޙުގެ ފަރާތުން ކުރަމުންދާތާ މިހާރު 2 ހަފުތާއަށްވުރެ ގިނަދުވަސްތަކެއް ވެއްޖެއެވެ.
* މި ޖަލްބަލް ސޭލް ބޭއްވުމަށްޓަކައި ވަރަށް ގިނަ ފަރާތްތަކަކުން ތަކެތި ދަނީ ހަދިޔާ ކުރަމުންނެވެ. މިގޮތުން ފިހާރަތަކުން ވެސް ވަރަށް ގިނަ ތަކެތި ބޭނުންވެސް ނުކުރާ ތަކެތި ވަކި އަގެއް އަދި ޕަސެންޓެއްވެސް ނުނަގާ ގޮތަށް ހިލޭ ދަނީ ހަދިޔާ ކުރައްވަ މުންކަމުގައި އަންހެނުންގެ ރޫޙުން މަޢުލޫމާތު ދެއްވި އެވެ.
* މިގޮތުން ހަދިޔާކުރި ގިނަ ތަކެއްޗަކީ ދެޖިންސްގެ ކުދިންނަށް ނުވަތަ މީހުންނަށް ބޭނުން ކުރެވޭނެ އަންނައުނާއި، ބަދިގޭގެ ސާމާނާއި އަދި ޚާއްސަކޮށް ކުޑަކުދިންގެ ހެދުމާއި، ކުޑަކުދިންގެ ކުޅޭ ސާމާނާއި، އެދު އައިސް އަލަމާރި އެކިފާޑުގެ މެޝިންފަދަ އަގުބޮޑު އާތެކެތި ލިބިފައިވެއެވެ.
* އަދި ވިއްކަން ހުންނަ ގަސް ގަހާއި، ގޭތެރެ ޒީނަތްތެރިކުރާނެ ތަކެއްޗާއި، އައިސްކުރީމް ހަދާމެޝިންވެސް މީގެ ތެރޭގައި ހިމެނޭކަމަށް ވެއެވެ.
* މި ޖަމްބަލް ސޭލް ބޭއްވުމަށް ހަމަޖެހިފައިވަނީ އުސްފަސްގަނޑުގައި 30 ޖޫން 2012 ވަނަ ދުވަހުގެ މެންދުރު 2.00ން ފެށިގެން ރޭގަނޑު 12.00 އާއި ހަމަ އަށެވެ. މި ސޭލްގައި ވަރަށް އަގުހެޔޮކޮށް ތަކެތި ގަންނަން ލިބުމުގެ އިތުރުން ވަރަށް ތަފާތު ޚިދުމަތްތަށް ވަނީ އެގަޑީގައި އުސްފަސްގަނޑުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ.
* ޖަމްބަލްސޭލް ހުޅުއްވުމަށް ވަޑައިގަންނަވާނީ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ އަލްފާސިލާ ލައިލާ ޢަލީ އެވެ. އަދި އެރަސްމިއްޔާތު އަށް ޗެއަރޕާރސަން މޫސާނިކާއި ކެބިނެޓްގެ އެންމެހާ މެންބަރުންނާއި، ރައްޔިތުންގެ މަޖްލިސްގެ އެންމެހާ ޢިއްޒަތްތެރި މެންބަރުންނާއި، ޤައުމީ މަޖްލިސްގެ މެންބަރުންނަށް ވަނީ ދަޢުވަތު އެދުވަހުގެ 2.00 އަށް އަރުވާފައެވެ. އަދި މިރަސްމިއްޔާތު އަށް ރާއްޖެޓީވީއާއި، ޓީވީއެމްއަށްވެސް ދަޢުވަތު ވަނީ އަރުވާފައެވެ.
* ޖަމްބަލްސޭލް ހިގަނމުންދާ ގަޑީގައި ރެސްޓޯރަންޓްގެ ޚިދުމަތްވެސް ހުޅުވާ ލެވިފައިވެއެވެ. އަދި ދިވެހިން ހަދާފައިވާ ދިވެހި ކާނާ ތެއްލިރިހާކުރު، ތެއްލިފަތް ، އެކިފާޑުގެ އަސާރަ، އެކިފާޑުގެ މަޖާ އެކިވައްތަރުގެ ބޮޑިބަތް ލިބެންހުންނާނެއެވެ.
* އަދިވެސް ސޭލް ހިނގަމުންދާއިރު ސްޓޭޖް ގެ ހަރަކާތްތަށް މެންދުރު 2.00 ން ފެށިގެން ރޭގަނޑުގެ 12.00 އާއި ހަމައަށް ތަފާތު މުނިފޫހިފިލުވުމުގެ ޕްރޮގްރާމްވެސް ހިނގަމުންދާނެއެވެ.
* މިގޮތުން 2.00 ން 4.00 އަށް ރިކުސްޓްކޮށް ލަވަ ފޮނުވުން އޮންނާއެވެ. މިގޮތުން ކޮންމެ ލަވައެއް 5.00 ރުފިޔާ އަށް ހުށަހަޅަމުން ގެންދާނެއެވެ. މީގެ އިތުރުން 4.00 ން 6.00 އަށް ޅެމާއި ފަރިހިން ޝުޢޫރު ހުށަހެޅުން ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ރޭގަނޑު 8.00ން 10.00 ށް މުޚުރާތުގެ ޖާދޫ ޝޯވް ހުށަހެޅުންވެސް އޮންނާނެއެވެ. އަދި 10.00ން 12.00 އަށް ބޮޑުބެރާއި ތަފާތު ކުޅިވަރު ސްޓޭޖްގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
* ޖަމްބަލްސޭލް ހުޅުވޭ މިރަސްމިއްޔާތުގައި ފަންޑުފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖައްސާފައެވެ. މިފަންޑް ފޮއްޓަކީ އަންހެނުންގެ ރޫހަށް ފައިސާގެހަދިޔާ ކުރައްވާ ފަރާތްތަކުން އެފޮއްޓަށް ކޮންމެވެސް ވަރެއްގެ އެހީއެއް ދެއްވަން ބޭނުންވާ ފަރާތްތަކަށް ހަދިޔާ ކުރެވޭނެ ގޮތަށް ބަހައްޓާފައިވާ ފޮއްޓެކެވެ.
* ޖަމްބްލް ސޭލް ނިންމާގަނޑީގައި ބޮޑިބަތެއް ބޭއްވިގެން އެސޭލް ނިންމާލުމަށްވަނީ އަންހެނުންގެ ރޫޙުން ނިންމާފައެވެ. މިއީ އަންހެނުންގެ ރޫޙުން ވަރަށް ރޭވިގެން ގިނަ އަދަދެއްގެ އަންހެން ބޭފުޅުންގެ އެހީތެރިކަމާ އެއްބާރުލުމާއެކު ތަކެތި ދެއްވުމު ގައާއި މި މަސައްކަތުގައި އެމްޑީޕީގެ އެންމެހާ ފިރިހެން ބޭފުޅުން ވަރަށް އެއްބާރުލުން ދެއްވައިގެން އަންހެނުންގެ ރޫޙުން އޮގަނައިޒްކުރެވިގެން ބޭއްވޭ ވަރަށް ބޮޑު ޖަމްބްލް ސޭލްއެއް ކަމަށް އަންހެނުންގެ ރޫޙުގެ ރައީސާ ޝިޔާމާ އަޙްމަދު ވިދާޅުވެފައި ވެއެވެ.
25 ޖޫން 2012
ޚަބަރު: އަންހެނުންގެ ރޫޙުން
——————————-

އަންހެނުންގެ ރޫޙުން ބޭއްވި ޖަމްބަލް ސޭލް މިހާރު ވަނީ ނިމިފައި

*ވަރަށް ފޯރިއާއެކު އަންހެނުންގެ ރޫޙުން އިސްނަގައިގެން އެމްޑީޕީ އަށް 7 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި މިސޭލް ވަރަށް ފުރިހަމަ ކަމާއެކު ވަނީ ނިންމާ ލާފައެވެ.
*މިސޭލްގައި ބާއްވާފައިވަނީ 30 ޖޫން 2012 ވަނަ ދުވަހުގެ މެންދުރު 2.00 އިން ފެށިގެން ރޭގަނޑު 12.00 އަށެވެ. 1 ދުވަހުގެ މުއްދަތަށް ބޭއްވި މިސޭލްގެ މުއްދަތު ޖެހިގެން އައިދުވަހުގެ ހަވީރު 4.00 އިން ރޭގަނޑުގެ 9.00 އަށް ދިގުދަންމަން ނިންމަން ޖެހުނީ ގިނަބައެއްގެ އެދުމުގެ މަތިން މަދު ނަމަވެސް ބައެއް ތަކެތި ހުރުމާއެކު ގައެވެ.
*މިސޭލްގައި ފަންޑްފޮއްޓެއް އަންހެނުންގެ ރޫޙުން ބަހައްޓާފައިވެއެވެ.
* މިސޭލް ހުޅުއްވާދެއްވުމުގެ ރަސްމިއްޔާތުއަށް ވަޑައިގެން ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަލްފާސިލް މުޙައްމަދު ނަޝީދުގެ އަނބިކަބަލުން ލައިލާ ޢަލީ އެވެ. އަދި އޭގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި، ޢިއްޒަތްތެރި ރައްޔިތުންގެ މަޖްލިސްގެ މެންބަރުންނާއި، ޤައުމީ މަޖްލިސްގެ މެންބަރުންނެވެ.
* މިސޭލްއަށް ގާތްގަނޑަކަށް ބައިލައްކައަށް ވުރެ ގިނަ ޢަދަކަށް ފައިސާ ލިބިފައިވެއެވެ. މިސޭލްއަށް ގާތްގަޑަކަށް ދިހަހާސް މީހުންނަށްވުރެ ގިނަ ޢަދަދަކަށް މީހުން އައިސްފައިވާކަންވެސް ފާހަގަކޮށްލަމެވެ.
* މިސޭލް ހިގަމުން ދިޔަވަގުތު ރިކުއިސްޓްކޮށް ލަވަ ޖެހުމާއި، ޅެމާއި ފަރިހިން ޝުޢޫރު ހުށަހެޅުމާއި، ބޮޑުބެރު ޖެހުމާއި، ޖާދޫ ޝޯވް ސްޓޭޖްގައި ކުރިއަށް ގެންގޮސްފައި ވެއެވެ.
* މިސޭލް ނިމިގެން ދިޔައީ ވަރަށް ފުރިހަމަ ކަމާއެކު އެންމެހާ ފިރިހެން ބޭފުޅުންގެ އެއްބާރުލެއްވުން އަންހެނުންގެ ރޫޙަށް ލިބިގެންނެވެ. އަދި އަންހެނުންގެ ރޫޙުގެ މި މަސައްކަތުގައި އަންހެން ކަބަލުންގެ އެއްބާރުލެއްވުން ވަރަށް ފުރިހަމަ ކަމާއެކު ލިބިފައިވާކަން ފާހަގަކޮށް އަންހެނުންގެ ރޫޙުން ވަރަށް ޚާއްސަ ޝުކުރެއް އަންހެނުންގެ ރޫޙަށް އެހީތެރިކަން ފޯރުކޮށްދިން އެންމެ ފަރާތްތަކަށް ދަންނަވައެވެ.
ޚަބަރު: އަންހެނުންގެ ރޫޙް /ރައީސާ
1 ޖުލައި 2012
——————————–