އެމްޑީޕީގެ ޖަލްސާ އެއް މިރޭ އުސްފަސްގަނޑުގައި އޮންނާނެއެވެ.
މި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވާހަކަދައްކަވާނެއެވެ.
މިރޭ 9 ޖަހާއިރު ފެށޭ މި ޖަލްސާއަށް އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި އެމްޑީޕީއަށް ތާއީދުކުރައްވާ ހުރިހާ ފަރާތްތަކުން ވަޑައިގެން ދެއްވުމަށް އެމްޑީޕީން ދައުވަތުއަރުވައެވެ.