އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ޖަމްބަލް ސޭލް މިއަދާއި މިރޭ ވެސް ކުރިޔަށްދާނެ

އިއްޔެ މެންދުރުފަހު ފެށި އެމްޑީޕީގެ ޖަމްބަލް ސޭލް މިއަދު ހަވީރާއި މިރޭ ވެސް ކުރިއަށްދާނޭ ކަމަށް އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު 4 ން ފެށިގެން މިރޭ 11 ޖަހަންދެން ކުރިޔަށް ގެންދާ މި ޖަމްބަލް ސޭލް ގައި މިރޭ އޮންނާނީ ހުސްކުރާ ސޭލް ކަމަށް ވުމުން ވަރަށް ބޮޑަށް ތަކެތީގެ އަގުހެޔޮވާނޭ ކަމަށް ޝިޔާމާ ވިދާޅުވިއެވެ. އެ ގޮތުން ހުރިހާ މުދަލެއްގެ ވެސް އަގު ހުންނާނީ 1 ރުފިޔާ އާއި 5 ރުފިޔާ އާއި ދޭތެރޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށާއި އަންހެނުންގެ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުސްފަސްގަނޑުގައި އެމްޑީޕީން އިއްޔެފެށި ޖަމްބަލް ސޭލްއަށް 72200 އަށް ވުރެ ގިނަ ރުފިޔާ ރޭގެ ނިޔަލަށް ލިބިފައިވާ ކަމަށް ޝިޔާމާ ވިދާޅުވިއެވެ.