ޖޭމްސްލޯސަން އެވޯޑާ އެކު ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަންނަވާނެ

ޖޭމްސް ލޯސެން އެވޯރޑް ފޯރ އެޗީވްމެންޓް އިން ދަ ޕްރެކްޓިސް އޮފް ނޮން ވަޔަލަންޓް އެކްޝަން އާ އެކު ރައީސް ނަޝީދު މިއަދު މެންދުރުފަހު މާލެ ވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދަށް މި އެވޯރޑް ލިބިވަޑައިގަެންނެވީ އެމަނިކުފާނު ރާއްޖޭގައި އޮތް ޚުދުމުޚްތާރު ވެރިކަމާ ދެކޮޅަށް އެތައް އަހަރެއް ވަންދެން ހިންގާފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތުގެ އަގު ވަޒަން ކުރުމަށާއި، މިއަހަރުގެ ކުރީ ކޮޅު ރާއްޖޭއަށް ގެނައި ބަޣާވާތާ ދެކޮޅަށް އެމަނިކުފާނު ދައްކަވާފައިވާ ހިއްވަރާއި، ރާއްޖޭގައި އަލުން ޑިމޮކްރަސީ އަށަގެންނެވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމުގެ ކުރިން އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެމަނިކުފާނުގެ އެމެރިކާ ދަތުފުފުޅާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާނެއެވެ. އަދި ރައީސް ނަޝީދުގެ ސަޕޯޓަރުން ގެންދަނީ އެމަނިކުފާނަށް މާލޭ 4 ނަންބަރު ޖެޓީން މަރުހަބާ ދެންނެވުމުގެ ތައްޔާރީތައް ވަމުންނެވެ.