އެމްޑީޕީގެ ޖަމްބަލް ސޭލް ފެށިއްޖެ

އެމްޑީޕީގެ އަންހެނުންގެ ރޫހުން އިސް ނަގައިގެން އެ ޕާޓީއަށް އާމްދަނީ ހޯދުމަށް ބާއްވާ ޖަމްބަލް ސޭލް މިއަދު ފެށިއްޖެ އެވެ..

އެމްޑީޕީގެ 7 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ މި ޖަމްބަލް ސޭލް މިއަދު މެންދުރުފަހު 2 ޖެހި އިރު ފެށިފައިވާ އިރު، މިރޭ 12 ޖަހަންދެން، އުސްފަސްގަނޑު ގައި މި ޖަމްބަލް ސޭލް ކުރިއަށްދާނެއެވެ.

އާންމު ބައެއް ފަރާތްތަކަށް ވެސް މޭޒު ވިއްކާފައިވާ މި ޖަމްބަލް ސޭލް އަކީ ކާމިޔާބު ސޭލް އަކަށް ވާނޭ ކަމަށް އުއްމީދުކުރާ ކަމަށާއި، މި ހަރަކާތަށް ވަރަށް ގިނަ ބައެއްގެ ދީލަތި އެހީތެރިކަން ލިބިފައިވާ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނެއެވެ.