އެމްޑީޕީގެ ޖަލްސާ މިރޭ އުސްފަސްގަނޑުގައި، ހިނގާލުން ހުކުރުދުވަހުގެ ރޭ

އެމްޑީޕީގެ ޖަލްސާ އެއް މިރޭ އުސްފަސްގަނޑުގައި އޮންނާނެއެވެ. އަދި ކޮންމެ ހުކުރު ދުވަހަކު އެމްޑީޕީން “ކޮމަންވެލްތާއެކު ރައްޔިތުން”ގެ ނަމުގައި ބާއްވާ ހިނގާލުން އެހެން ދުވަސްދުވަހާ ޚިލާފަށް އޮންނާނީ މާދަމާ ރޭ ކަމަށް އެމްޑީޕީން ބުނެފިއެވެ .

މި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވާހަކަދައްކަވާނެއެވެ.

މިރޭ 9 ޖަހާއިރު ފެށޭ މި ޖަލްސާއަށް އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި އެމްޑީޕީއަށް ތާއީދުކުރައްވާ ހުރިހާ ފަރާތްތަކުން ވަޑައިގެން ދެއްވުމަށް އެމްޑީޕީން ދައުވަތުއަރުވައެވެ.

އެމްޑީޕީގެ ޖަލްސާއެއް ރޭ ވެސް އުސްފަސްގަނޑުގައި ބާއްވަން ހަމަޖެއްސިއެވެ. ނަމަވެސް ވިއްސާރަވުމުގެ ސަބަބުން މި ޖަލްސާ ވަނީ އެންމެ ފަހު ވަގުތު ކެންސަލްކޮށްފައެވެ.

އެމްޑީޕީން ހުކުރު ދުވަހުގެރޭ ބާއްވާ ހިނގާލުން ފެށޭނީ އެރޭ 8.45 ގައި އުސްފަސްގަނޑުންނެވެ. މާލޭގައި ބާއްވާ ހިނގާލުން ރޭގަނޑު އޮތް ނަމަވެސް ރަށްރަށޫގައި ބާއްވާ ހިނގާލުންތައް އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރުއެވެ.