ބާޣީ ސަރުކާރަށް ޔޫ.އެންގެ ހިއުމަން ރައިޓްސް ކައުންސިލުން ފާޑުކިއުއްވާފައިވާ ކިޔުއްވުމަށް އެމް.ޑީ.ޕީއިން މަރުހަބާ ކިއުން

ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 56
ތާރީޚް: 27 ޖޫން 2012 (ބުދަ)

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ޔޫ.އެންގެ ޚާއްސަ މަންދޫބު ފްްރޭންކް ލަ ރުއެ، ޙިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ބެހޭގޮތުން މުޙައްމަދު ވަހީދުގެ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މިބައްދަލުވުމުގައި ބަހުސްކުރެވުނު މަޢުޟޫ، “އިންޓަނެޓްގައި ޙިޔާލުފާޅުކުރުމުގެ މިނިވަންކަން”، މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ޚާއްސަ މަންދޫބުވަނީ ބައެއް ޤައުމުތަކުގައި ނޫސްވެރިންނަށާއި ބްލޮގަރުންނަށްދޭ ހަމަލާތައް ކުށްވެރި ކުރައްވާފައެވެ. މިގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ މިހާރު ދިވެހިރާއްޖޭގައި ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރި ކުރައްވައި، އެކަމަށް މިހާރުގެ ސަރުކާރުން އަޅާނުލާކަން ފާހަގަކުރައްވައި، މިއަހަރުގެ ފެބްރުއަރީ މަހު ހިންގާފައިވާ ބަޣާވާތުގައި ހައްދުފަހަނައަޅާފައިވާ ދީނީ ދަންނަބޭކަލުންގެ ބައިވެރިވުމާއި ދޭތެރޭ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޙާއްސަ މަންދޫބުގެ ވާހަކަފުޅާއި ގުޅިގެން، ސެންޓަރ ފޯ އިންކުއަރީ އެންޑް އިންޓަނޭޝަނަލް ހިއުމަނިސްޓް އެންޑް އެތިކަލް ޔޫނިއަން އިން ވަނީ ދިވެހިރާއްޖޭގައި ނޫސްވެރިޔާ އަދި ބްލޮގަރު މުހައްމަދު ހިއްލަތު ރަޝީދު އޭނާގެ ގޭކައިރީ ހުއްޓާ ކަރަށް ވަޅިހަރާ މަރާލަން ދެވުނު ހަމަލާ ފާހަގަކޮށްފައެވެ.

ޖަމްއިއްޔާތަކުން ވަނީ މުހައްމަދު ވަހީދުގެ ސަރުކާރުން މިފަދަ ލާއިންސާނީ ކުށްތަކަށް މަގު ހުޅުވާލެވިފައިވާކަން ފާހަގަކޮށް އެކަމަށް ފާޑުވިދާޅުވެފައެވެ. މިގޮތުން ވާހަކަފުޅު ދައްކަވަމުން އެން.ޖީ.އޯއިން ވިދާޅުވީ “ފޮޓޯތަކުން ފެންނަން ހުރި ނަމަވެސް ދިވެހިރާއްޖޭގެ ސަރުކާރުން ރަޝީދުއަށް ހަމަލާދިން ފަރާތް ހިފާ ހައްޔަރުކުރަން މަސައްކަތް ކޮއްފައިނުވޭ”.

ދިވެހިރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ދީނީ މީހުންގެ ނުފޫޒް ގަދަވުމާއި އެމީހުން ކަންކަމުގައި ދޫދޭ މިންވަރު ކުޑަވެފައިވާކަން ފާހަގަކޮށް ކައުންސިލުން ވަނީ އިންޒާރު ދެއްވާފައެވެ.

“ދުނިޔޭގެ ޖަމްއިއްޔާތަކުން ދިވެހިރާއްޖޭގައި މިހިނގާ އިންސާނީ ހައްޤުތަކާއި ދެކޮޅު ޖަރީމާތަށް ދުންނިޔެއަށް ހާމަކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކޮށް އެކަމަށް މަރުހަބާ ކިޔާފައެވެ. މިގޮތުން ހާމިދު ވިދާޅުވީ “ހިލްއަތު ރަޝީދުގެ ހާދިސާ ފަދަ އިންސާނިއްޔަތާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ދެކޮޅަށް ދިވެހިރާޢްޖޭގައި ހިންގާ އެންމެހައި ޖަރީމާތައް ހަރުކަށި އިބާރާތުން ކުއްވެރިކުރަން، މިސަރުކާރުގެ ފަރާތުން މިކަންކަމާއި އަޅާނުލުމާއި ލޯ އަދިރި ކުރުމުގެ ސަބަބުން މިޤައުމުގައި މިވަނީ މިފަދަ ކުއްތައް އާންމުވެފަ”. މިކަމާ ގުޅޭގޮތުން އެމް.ޑީ.ޕީގެ ސްޕޯކްސްޕާސަން އިންޓަރނޭޝަނަލް އެފެއަރޒް ހާމިދު ޢަބްދުލްޣަފޫރު ވިދާޅުވެފައިވެއެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް