އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 113 ވަނަ ބައްދަލުވުން ބާއްވައިފި
އެންއީސީގެ ބައްދަލުވުމެއްގެ ތެރެއިން .. މިއަދުގެ ބައްދަލުވުމުގައި ވެސް މުހިންމު މަޝްވަރާތަކެއް ކުރި. ފޮޓޯ: އައިވީ

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 113 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ހަވީރު ބޭއްވި މި ބައްދަލުވުމުގައި މި އަދު މަޝްވަރާކުރެއްވި މައިގަނޑު ކަންތައްތަކަކީ އެމްޑީޕީގެ މެންބަރޝިޕް އިތުރުކުރުމަށް ދިމާވެފައިވާ މައްސަލަތަކާއި، މި ފެށޭ ރޯދަ މަހު އެމްޑީޕީގެ ފަރާތުން ހިންގާނޭ ދީނީ ހަރަކާތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމާއި، އުސްފަސްގަނޑުގެ ހަރަކާތްތަކާއި، ބޮޑު މުޒާހަރާ ބޭއްވުމަށް ވަމުންދާ ތައްޔާރީތަކާއި، އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ) އަށާއި ފޮރިން ރިލޭޝަނަށް ހާއްސަކޮށް އެމްޑީޕީގެ ޑެސްކެއް ގާއިމުކުރުމާއި ބެހޭ ގޮތުންނެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކެވެ.