އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެ

އެމްޑީޕީގެ 7 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ މިރޭ އުސްފަސްގަނޑުގައި އޮންނާނެއެވެ.

މި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވާހަކަދައްކަވާނެއެވެ.

މިރޭ 9 ޖަހާއިރު ފެށޭ މި ޖަލްސާއަށް އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި އެމްޑީޕީއަށް ތާއީދުކުރައްވާ ހުރިހާ ފަރާތްތަކުން ވަޑައިގެން ދެއްވުމަށް އެމްޑީޕީން ދައުވަތުއަރުވައެވެ.

އެމްޑީޕީގެ ޖަލްސާއެއް ރޭ ވެސް އުސްފަސްގަނޑުގައި ބޭއްވިއެވެ. މި ޖަލްސާގައި ވަނީ އެ ޕާޓީއަށް ފަންޑް ރައިޒް ކުރުމަށްޓަކައި އުސްފަސްގަނޑުގައި ފަންޑުފޮއްޓެއް ބަހައްޓާފައެވެ. އަދި މި ފަންޑު ފޮއްޓަށް ވަނީ އެކަށީގެންވާ ތަރުހީބެއް ލިބިފައެވެ.