ފޮޓޯއިން ޚަބަރު: އެމްޑީޕީ އަންހެނުންގެ ރޫހުން ރ. އަތޮޅަށް ކުރި ދަތުރު

ފޮޓޯ: އެމްޑީޕީ އަންހެނުންގެ ރޫޙް

އެމްޑީޕީ އަންހެނުންގެ ރޫހުން ރ. އަތޮޅަށް ކުރި މި ދަތުރަކީ އަންހެނުންގެ ރޫޙަށް އަތޮޅުތަކުން ލިބޭ ދަޢުވަތު ތަކުގައި ރާއްޖޭގެ ރަށްރަށުގެ އަންހެނުންނަށް އެމްޑީޕީގެ މަސައްކަތްތައް އެރަށެއްގައި ހިންގާނެ ގޮތުގެ މަޢުލޫމާތުދީ އަންހެނުން ހަރަކާތްތެރި ކުރުވުމަށް ކުރަމުންގެންދާ ދަތުރު ތަކެއް ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަހުމަދު ވިދާޅުވިއެވެ.

މި ދަތުރުގައި އަންހެނުންގެ ރޫޙުގެ ރައީސާ ޝިޔާމާ އަޙްމަދުގެ އިތުރުން ރައީސް ނަޝީދުގެ ކެބިނެޓްގެ ހެލްތް މިނިސްޓަރ ޑރ. އައިމިނަތު ޖަމީލު އާއި، ޓޫރިޒަމް މިނިސްޓަރ މަރިޔަމް ޒުލްފާ އާއި، އެޑިޔުކޭޝަންގެ ނާއިބު މުޙައްމަދު ރަޝީދު އާއި، ޔޫތު ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަޝީދު ( ބިގޭ) އާއި، ކުރީގެ ޗާންސްލަރ މުސްތަފާ ލުތުފީ އާއި އެމްޑީޕީ އުނގޫފާރު ދާއިރާގެ ރައީސް ޑރ. އަހުމަދު އަޝްރަފް އަދި އަންހެނުންގެ ރޫހުގެ 2 މެންބަރުން ކަމަށްވާ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު އާނިޔާ އާއި އައިޝަތު މޫސާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުދުއްފާރާއި އަލިފުށީގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަކާއި، ޑޯޓްޑޯ އާއި، އަންހެނުންގެ ރޫޙުން ބޭއްވި 2 ޖަލްސާއެއް ބޭއްވުނެވެ. ހުޅުދުއްފާރުގެ ޖަލްސާގައި އަގޮޅިތީމް، އުގޫފާރު، މާކުރަތު ބައިވެރި ވެފައި ވެއެވެ. މީގެ އިތުރުން ރ.ވާދޫ އަނގޮޅިތީމް ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވިއެވެ .