އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް މިރޭ އުސްފަސްގަނޑުގައި އޮންނާނެ

އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް މިރޭ އުސްފަސްގަނޑުގައި އޮންނާނެއެވެ.

މި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވާހަކަދައްކަވާނެއެވެ.

މިރޭ 8.30 ގައި ފެށޭ މި ޚާއްސަ ޖަލްސާއަށް އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި އެމްޑީޕީއަށް ތާއީދުކުރައްވާ ހުރިހާ ފަރާތްތަކުން ވަޑައިގެން ދެއްވުމަށް އެމްޑީޕީން ދައުވަތުއަރުވައެވެ.