މިއަދު ބޭއްވި ލޯކަލް މައުންސިލް އިންތިޚާބުގެ ބައި އިލެކްޝަންތަކުގެ ތެރެއިން އދ.ހަންޏާމީދޫ ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަޙުމަދު ފިރާގު ކާމިޔާބުކުރައްވައިފިއެވެ.
އެމްޑީޕީގެ ކެންޑިޑޭޓް އދ. ހަންޏާމީދޫ ޝަބްނަމީގޭ އަހުމަދު ފިރާގް މި ބައި ިއލެކްޝަން ކާމިޔާބުކުރެއްވީ 190 ވޯޓު ހޯއްދަވައިގެންނެވެ. އޭނާ އާއި ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަލީ ނަސީރަށް ލިބިވަޑައިގެންނެވީ 178 ވޯޓެވެ.
ފިރާގަކީ ރައީސް ނަޝީދު ރަށްރަށުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކައުންސިލަރުން އައްޔަންކުރެއްވި އިރު ހަންޏާމީދޫ ކައުންސިލަރު ކަމަށް އިސްކުރެއްވި ފަރާތް ވެސް މެއެވެ.
މިއަދު ބޭއްވި އަނެއް ބައި އިލެކްޝަން ކަމަށްވާ މަތިވެރީ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަލީ ރިޒާ މުހައްމަދެވެ. އޭނާ އަށް ލިބިވަޑައިގަތީ 250 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަލީ ރިޝާމް އަށް ލިބިވަޑައިގަތީ 212 ވޯޓެވެ.
މި ދެ ބައި އިލެކްޝަނަށް ބަލާއިރު ވެސް މި ދެ ރަށުގައި ވެސް އެމްޑީޕީގެ ސަޕޯޓް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.