ހުޅުމާލޭ އެމްޑީޕީ ހަރުގޭގެ ބިންގާ އަޅައިފި

ހުޅުމާލޭގައި މުޅިން އަލަށް އިމާރާތްކުރާ އެމްޑީޕީގެ ހަރުގޭގެ ބިންގާ މިއަދު ހަވީރު އަޅައިފިއެވެ.

ހުޅުމާލޭ 5 ވަނަ ފްލެޓް ކައިރިން ބޮޑު މަގުގައި ހުންނަ ރިވާ ކެފޭއާ ޖެހިގެން އޮންނަ ބިމުގައި އަޅާ މި ހަރުގޭގެ ބިންގާ އަޅުއްވައިދެއްވީ އެމްޑީޕީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި، މާލެ ސިޓީގެ މޭޔަރ މައިޒާން އަލިމަނިކު (އަލިބެ) އެވެ.

ހަރުގޭގެ ބިންގާ އަޅުއްވައިދެއްވުމަށް ފަހު ދެ ބޭފުޅުން ދެއްކެވި ވާހަކައިގައި މިހަރުގެ އިމާރާތްކޮށް ނިމުމުން އެމްޑީޕީގެ ހަރަކާތްތައް ހުޅުމާލޭގައި މިހާރަށްވުރެ އިތުރަށް ފުޅާވެގެންދާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ހަރުގޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، އެމްޑީޕީގެ ކުރިއެރުމަށް އެ ހަރުގެ މެދުވެރިކޮށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދާނޭ ފަދަ ތަނަކަށް ހުޅުމާލޭ އެމްޑީޕީ ހަރުގެ ހަދައިދިނުމަށް މޫސަ އިލްތިމާސް ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ހުޅުމާލޭ އެމްޑީޕީގެ މެންބަރުންނާއި ހުޅުހެންވޭރު ދާއިރާގެ ބައެއް މެންބަރުން ބައިވެރިވިއެވެ.