އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގެ މެންބަރުންނާ ޗެއަރޕާސަން ކޮންމެ ބުރާސްފަތި ދުވަހަކު ބައްދަލުކުރާނެ

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް އޮޅުންފިލުއްވުމަށް އެ ކޮމިޓީތަކުގެ މުގައްރިރުންނާއި، ނައިބު މުގައްރިރުންނާ އެ ޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ކޮންމެ ބުރާސްފަތި ދުވަހަކު ބައްދަލުކުރާނެއެވެ.

މިކަން މޫސަ އިއުލާންކުރެއްވީ މިއަދު މެންދުރުފަހު ދާއިމީ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ދާއިމީ 17 ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެން އެ ކޮމިޓީތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނޭ ކަންތައްތަކާއި ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ބަދަލުކުރެވުނެވެ. އަދި ވަރަށް އަވަހަށް ކޮމިޓީތަކުގެ ރިޓްރީޓެއް ބާއްވަވާނޭ ކަމަށާއި، އެންމެ ފަހުން ބޭއްވި ދާއިމީ ކޮމިޓީތަކުގެ މަސައްކަތު ބައްދަލުވުމުން ނިންމި ކަންތައްތަކުގެ ތެރެއިން މިހާރުން މިހާރަށް ތަންފީޒްކުރެވެންހުރި ކަންތައްތައް ތަންފީޒްކޮށްދެއްވާނޭ ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި މޫސަ ވިދާޅުވިއެވެ.