ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް އުސްފަސްގަނޑުގައި

އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ޖަލްސާ އެއް މިރޭ އުސްފަސްގަނޑުގައި އޮންނާނެއެވެ.

މި ޖަލްސާގައި އެމްޑީޕީގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށް، މަގާމްތަކަށް ހޮވުނު ފަރާތްތަކަށް އެމްޑީޕީގެ ފަރާތުން ތަހުނިޔާކިޔުން އޮންނާނެއެވެ.

މިރޭ 9 ޖަހާއިރު ފެށޭ މި ޚާއްސަ ޖަލްސާއަށް އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި އެމްޑީޕީއަށް ތާއީދުކުރައްވާ ހުރިހާ ފަރާތްތަކުން ވަޑައިގެން ދެއްވުމަށް އެމްޑީޕީން ދައުވަތުއަރުވައެވެ.