ނޫސް ބަޔާން

އައްޑޫ ދާއިރާއިން ނެރޭ ގުޅިފައިވާ ބަޔާން

ސަރުކާރު ހިންގުމަށް އެކިގޮތްގޮތުން ހުރަސްއެޅޭގޮތަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖްލިސްއިން މަސައްކަތް ކުރަމުންދާތީވެ. މަޤާމުގެ ވާޖިބު އަދާކުރެއްވެން ނެތިގެން، ކެބިނެޓު ހުރިހާ ވަޒީރުބޭފުޅުން ، އެއްފަހަރާ އިސްތިއުފާ ދެއްވާފއިވާ މިނާޒުކު ދަނޑިވަޅުގައި ޤައުމުގެ ސަލާމަތާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށާއި ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތްތަށް މެދުނުކެނޑި ދެއްވަމުން ގެންދެވުމަށް ” ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ” ކުރައްވާ ބުރަމަސައްކަތްޕުޅަށް ‘އެމް.ޑީ.ޕީ އައްޑޫ ދާއިރާއިން، ވަރަށްބޮޑަށް ތަޢުރީފުކުރަމެވެ.
އަދި މިސަރުކާރުން ޤަވްމުގެ ލާބައާއި ފައިދާއަށް ‘ އަޅުއްވަމުން ގެންދަވާ ފިޔަވަޅު ތަކަށް ‘އެމް.ޑީ.ޕީ އައްޑޫ ދާއިރާއިން ފުރިހަމައަށް ތާޢީދު ކުރުމާއި އެކު، އަދި މިސަރުކާރު ދެމެހެއްޓުމަށްޓަކާ މިދާއިރާގެ ފުރިހަމަ އެއްބާރުލުން އޮތްވާހަކަވެސް ދަންނަވަމެވެ.
ކީރިތި ﷲ މިޤަވްމު ބާޢީންނާއި ފަސާދަވެރިންގެ ކިބައިން ރައްކައުތެރި ކުރައްވައި ‘ރައީސުލްޖުމްހޫރިއްޔާ’ ދިވެހި ޤަވްމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ގައި ބަރަކާތް ލައްވާށިއެވެ.- އާމީން –
30-06-2010