އެމްޑީޕީގެ ސިލްސިލާ މުޒާހަރާ މިއަދުވެސް ކުރިޔަށް ދާނެ

1 ޖުލައި 2010

މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިނުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތާއި މަޖިލީހުގައި ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ހިންގުން ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ކުރާމަސައްކަތާ ދެކޮޅުހެދުމަށް ބާއްވާ މުޒާހަރާ މިއަދު ހަވީރު 4.00 ގައި ސޯޝަލް ސެންޓަރު ކައިރިން ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.
މިމުޒާހަރާގައި އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި ޕާޓީއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އެޕާޓީން އެދެއެވެ.