އެމްޑީޕީ އިންތިޚާބު 2012

MDP/2012-DN-005

އެމްޑީޕީ އިންތިޚާބު 2012

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި، ޗެއަރޕާސަން، ޗެއަރޕާސަން ނައިބު އިދާރީ އަދި ބައެއް ދާއިރާތަކުގެ ހިންގާ ކޮމިޓީން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ “އެމްޑީޕީ އިންތިޚާބު 2012″، މި ޖޫން މަހުގެ 16 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިޚާބުގެ ވޯޓުލުން މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 16 ޖޫން ވާ ހޮނިރު ދުވަހުގެ ހެނދުނު 9 ން ހަވީރު 4 އަށް ކުރިއަށްދާނެއެވެ. އަދި ވޯޓުލައި ނިމޭތާ 30 މިނެޓް އިރުގެ ތެރޭގައި ވޯޓުލާ މަރުކަޒުގައި ވޯޓުގުނުމުގެ މަސައްކަތް ފެށޭނޭ ވާހަކަ ވެސް ދަންނަވަމެވެ.

މި އިންތިޚާބުގައި މާލޭގައި ވޯޓުލާ މަރުކަޒުތައް ތިރީގައި މިދަންނަވަނީ އެވެ.

1. މާލެ ސިޓީ ހޯލް (ކުރީގެ ގައުމީ ކުތުބުޚާނާ)– އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ މާލޭގެ ރަށްވެހިންނަށް
2. މަންދު ކޮލެޖް (ކުރީގެ އެމްއީއެސް ހިންގި އިމާރާތް) – މާލޭގައި ދިރިއުޅޭ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ އެމްޑީޕީ މެންބަރުންނަށް
3. އެމްޑީޕީ ހަރުގެ (އަމީނީ މަގު) – ގއ، ގދ، ޏ އަތޮޅު އަދި އައްޑޫ ސިޓީގެ އެމްޑީޕީގެ މެންބަރުންނަށް

ވީމާ މި ޕާޓީގެ ވީހާވެސް ގިނަ މެންބަރުން މި އިންތިޚާބުގައި ވޯޓުދެއްވުމަކީ މި ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.

14 ޖޫން 2012