ރައީސް ނަޝީދު އައްޑޫސިޓީ އަށް ވަޑައިގެންފި

އެމްޑީޕީގެ އިސް ލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު އައްޑޫ ސިޓީ އަށް ކުރައްވާ 3 ދުވަހުގެ މި ދަތުރުފުޅުގައި މިރެއާއި މާދަމާ ރޭ އައްޑޫގައި ބާއްވާ އެމްޑީޕީގެ ޚާއްސަ ޖަލްސާ ގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގެ ތެރެއިން މިރޭ ބާއްވާ ޚާއްސަ ޖަލްސާ އޮންނާނީ މަރަދޫ ގައެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ އައްޑޫގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ފެބްރުއަރީ 7 ގައި ރާއްޖެއަށް ގެނައި ބަޣާވާތަށް ފަހު އެމަނިކުފާނު އައްޑޫ ސިޓީ އަށް ކުރައްވާ 2 ވަނަ ދަތުރުފުޅެވެ.