އެމްޑީޕީގެ ރައީސް ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އަދި ނައިބު ރައީސް ކަމުގެ މަގާމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ކުރިމަތިލައްވައިފި އެވެ.
އޯގަސްޓް 2012 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މި އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހަމަވި އިރު ކުރިމަތިލައްވާފައި ވަނީ ވެސް ހަމައެކަނި މި 2 ބޭފުޅުންނެވެ.
މި 2 ބެފުޅުންގެ ކެންޑިޑެންސީ އާ މެދު އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ގޮތެއް ނިންމުމަށްފަހު 3 ދުވަހުގެ ތެރޭގައި އެ ފަރާތްތަކުގެ ކެންޑިޑެންސީ ސައްޙަކަން ނުވަތަ ނޫންކަން އިއުލާން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީގެ އިންތިޚާބާއި ބެހޭ ގަވައިދު ބުނާ ގޮތުން ރައީސް ކަމާއި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން 300 މެންބަރުންގެ ތާޢީދުއޮތްކަން ހުށަހަޅަން ޖެހެއެވެ.