އެމްޑީޕީގެ ދާއިމީ ކޮމިޓީތައް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އެމްޑީޕީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި އެ ޕާޓީގެ ދާއިމީ ކޮމިޓީތަކަށް ހިންގާ މަސައްކަތު ބައްދަލުވުމެއް މިއަދު ފެށިގެން ކުރިޔަށް އެބަދެއެވެ.

މާލެ ސިޓީ ހޯލުގައި ބާއްވާ މި މަސައްކަތު ބައްދަލުވުމެއްގައި އެމްޑީޕީގެ ދައިމީ 17 ކޮމިޓީން ބައިވެރިވެއެވެ. އެ 17 ކޮމިޓީއަކީ ދައުލަތުގެ ކަންކަމަށް ފާރަވެރިވެ ނުސިޔާނުކޮށް ދައުލަތުން ކުރަމުންދާ ކަންތައް ހާމަކޮށް އެކަންތައްތައް އިސްލާހްކުރުމަށް މަސައްކަތްކުރާ ކޮމިޓީތަކަކަށްވާއިރު، އެ ކޮމިޓީތައް ހަރުދަނާ ކަމާއެކު ހިނގުން މުހިންމު ކަމަށް މި މަސައްކަތު ބައްދަލުވުން ވިލަރެސް ކުރައްވާ ގައުމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުސްތަފާ ލުތުފީ ވިދާޅުވިއެވެ.

3 ސެޝަނަކަށް ކުރިޔަށްދާ މި މަސައްކަތު ބައްދަލުވުން ނިމޭނީ މިރޭގެ ސެޝަނަށްފަހު އެވެ. މިރޭގެ ސެޝަން ގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.