ތ. އޮމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ކެންޑިޑޭޓް އިންތިޚާބުވެއްޖެ.

ތ. އޮމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލެއްވި ތ. އޮމަދޫ، އަޅިވިލާގެ، ޙަސަން މުޙައްމަދުދީދީ، އިންތިޚާބުވެއްޖެކަން އިލެކްޝަންސް ކޮމިޝަނުން އިއްޔެ އިޢުލާނުކޮށްފިއެވެ.

ތ. އޮމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލެއްވި ތ. އޮމަދޫ، އަޅިވިލާގެ، ޙަސަން މުޙައްމަދުދީދީ، އިންތިޚާބުވެފައިވަނީ އެ ކައުންސިލުން ގޮނޑިއެއް ހުސްވުމާ ގުޅިގެން، އެކައުންސިލްގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު މެއި 27 ވީ އާދިއްތަ ދުވަހުގެ ހަވީރު 3:00 ގެ ނިޔަލަށް ހަމަވި އިރު އެ ކައުންސިލަށް ކުރިމަތިލާފައިވަނީ ޙަސަން މުޙައްމަދު ދީދީ އެކަނި ކަމަށްވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.