އެމްޑީޕީގެ ދާއިރާތަކާއި ގޮފިތަކުގެ ސަމާލުކަމަށް
އެމްޑީޕީގެ ކޮންމެ ދާއިރާއަކުން ވެސް އެ ދާއިރާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ކޮންމެ ބުރާސްފަތި ދުވަހަކު ބާއްވަން ޖެހޭ ގޮތަށް، އަދި ކޮންމެ ގޮތްޕަކުން ވެސް އެ ގޮތްޕެއްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ކޮންމެ ހޮނިހިރު ދުވަހަކު ބާއްވަން ޖެހޭ ގޮތަށް މި ޕާޓީން ނިންމާފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ މި ދެންނެވި ގޮތަށް ދާއިރާތަކާއި ގޮފިތަކުގެ ބައްދަލުވުން ބޭއްވުމަށްފަހު، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ މި ޕާޓީގެ މައި ސެކްރެޓޭރިއަޓް، (ހ. ޝަރާޝާ، މާލެ 2 ވަނަ ފަންގިފިލާ) އަށް ފޮނުއްވުން އެދެމެވެ.
ބައްދަލުވުންތަކުގެ ހާޒިރީއާއި، އެޖެންޑާ އާއި ޔައުމިއްޔާ ތައްޔާރުކުރާނޭ ގޮތުގެ ނަމޫނާ ތިރީގައި މިވަނީ އެވެ.
ހާޒިރީ ތައްޔާރުކުރާނޭ ގޮތުގެ ނަމޫނާ
އެޖެންޑާ ތައްޔާރުކުރާނޭ ގޮތުގެ ނަމޫނާ
ޔައުމިއްޔާ ތައްޔާރުކުރާނޭ ގޮތުގެ ނަމޫނާ
އިތުރު މައުލޫމާތު: ފޯން 3340044، ފެކްސް 3322960، އީމެލްއިލް: secretariat@mdp.org.mv
27 މެއި 2012
އެމްޑީޕީ ސެކްރެޓޭރިއަޓް