އެމްޑީޕީ އިންތިޚާބު 2012 – އިންތިހާބުތަކުގައި ހަރަކާތްތެރިވާނެ އޮބްޒާވަރުންނަށާއި މަންދޫބުންނަށް ފުރުސަތު ހުޅުވާލުން.

MDP/2012/0028

މި ޕާޓީން ޖޫން 16 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކުގައި ވޯޓު ނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމުގައި ހަރަކާތްތެރިވާން ބޭނުންވާ ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތް ތަކަށް އެފުރުސަތު ހުޅުވާލައިފީމެވެ.

މި އިންތިހާބުތަކުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންގެ މަންދޫބުންނަށާއި މޮނީޓަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކަށްވެސް އެފުރުޞަތުވަނީ ހުޅުވާލާފައެވެ. މޮނީޓަރުންގެ ގޮތުގައި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށެވެ.

މި އިންތިހާބު ތަކުގައި އޮބްޒަރވަރުން، މަންދޫބުން އަދި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް މިޕާޓީގެ ސެކްރެޓޭރިއަޓް އަށް 07 ޖޫން 2012 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާާޓީގެ ސެކްރެޓޭރިއަޓް އިންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

މިހެންވެ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ތާރީޚް: 27 މެއި 2012

– އިންތިޚާބާއި ބެހޭ ކޮމިޓީ –