އެމްޑީޕީ ސ.ފޭދޫ ދާއިރާގެ ޤަރާރު

އެމްޑީޕީ ޤައުމީ މަޖްލިސްގެ 104 ވަނަ ބައްދަލުވުން ވެގެން ދިޔައީ ވަރަށް މުހިންމު ކަންތައްތަކެއް ހުށަހެޅި އެކަމަށް ފިޔަވަޅު އެޅުނު ބައްދަލުވުމަކަށެވެ. މި މިމަޖްލިސް އިއްތިފާގުވެފައިވާ ކޮންމެ ނިންމުމަކީ މިވަގުތު އޮތް އަސާސީ ޤަވާއިދާއި އެއްގޮތަށް ނިންމަވާފައިވާ ނިންމުންތަކެއް ކަމަށް ޤަބޫލުކުރަމެވެ.

ހިތްހަމަނުޖެހުމާއި އެކު ނުރުހުން ފާޅުކުރުމަކީ ޑިމޮކޮރަސީ ކަމަށް ޤަބޫލުކުރަމެވެ. އަދި ޤައުމީ މަޖްލިސްގައި ނިންމި ނިންމުމަކީވެސް ޑިމޮކްރަސީއާއި އެއްގޮތަށް ނިންމި ނިންމުންކަމަށް ޤަބޫލުކުރަމެވެ. އެހެންކަމުން ޕާޓީގެ އާންމު މެމްބަރުން އެދޭ ގޮތަށް ފޭދޫ ދާއިރާވެސް ޤައުމީ މަޖްލިސްގެ ނިންމުންތަކަށް ތާޢީދުކުރާ ވާހަކަ ދަންނަވަމެވެ.

ފޭދޫ ދާއިރާގެ ހިންގާ ކޮމިޓީ އިޤްރާރުވަނީ 104 ވަނަ ޤައުމީ މަޖްލިސްގައި ނިންމި އެންމެހާ ކަންކަމަށް ފުރިހަމަ ތާޢީދު ފޭދޫ ދާއިރާ ދޭނެކަމަށާއި ނިންމުންތަކަކީ ރަގަޅު ނިންމުންތަކެއް ކަމަށެވެ.