އިއުލާނު: އެމްޑީޕީ އިންތިޚާބު 2012 – އެމްޑީޕީ ރައީސާއި ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލުން

MDP/2012/I-027

އެމްޑީޕީ އިންތިޚާބު 2012 – އެމްޑީޕީ ރައީސާއި ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލުން

މި ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ އިންތިޚާބު 31 އޯގަސްޓް 2012 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފީމެވެ. ވީމާ، މިމަޤާމްތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަޤާމަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއި އެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތަކާއެކު މިޕާޓީގެ ސެކްރެޓޭރިއަޓް އަށް 04 ޖޫން 2012 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމާއި މި އިންތިހާބުގެ ގަވާއިދު މިޕާާޓީގެ ސެކްރެޓޭރިއަޓް އިންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

މިހެންވެ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ތާރީޚް: 24 މެއި 2012