ރައީސް ނަޝީދު މިރޭ ނިއުޒީލެންޑަށް ފުރާވަޑައިގަންނަވާނެ

އެމްޑީޕީގެ އެންމެ އިސްލީޑަރު، ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ނިއުޒިލެންޑަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގަންނަވާނެއެވެ.

ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖެއަށް ގެނެސްފައިވާ ބަޣާވާތާއި ބެހޭ މައުލޫމާތު ދެއްވައި ރާއްޖޭގެ ސިޔާސީ މަސްރަޙް ފިނިކުރުމަށް ކުރެވިދާނޭ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ރައީސް ނަޝީދު ނިއުޒީލޭންޑަށް ކުރައްވާ މި ދަތުރުފުޅުގައި އެމްޑީޕީގެ އިސްބައެއް ބޭފުޅުންނާއި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރާއްޖެއަށް ގެނައި ބަޣާވާތަށް ފަހު ރައީސް ނަޝީދު ވަނީ ދުނިޔޭގެ އެންމެ ބޮޑު 2 ޑިމޮކްރަސީ ކަމަށްވާ އިންޑިއާ އަދި އެމެރިކާއަށް ވަޑައިގެން ބަޣާވާތުގެ ކަންކަން ހިނގައިދިޔަ ގޮތް އެގައުމުތަކުގެ ސިޔާސީ ފަރާތްތަކާ ހިއްސާކުރައްވާފައެވެ.