އެމްޑީޕީގެ ސްޕޯކްސްޕާސަން ދެއްވާ ޕްރެސް ކޮންފަރެންސް ވަގުތުން

އދ. އޮމަދޫ. ހަންޏާމީދޫ އަދި އއ.މަތިވެރިގެ ކައުންސިލްގެ ބައި އިލެކްޝަންގައި އެމްޑީޕީން ކެންޑިޑޭޓުން ނެރޭ ކަމަށް ވިދާޅުވި އަދި ރައީސް ނަޝީދު ބ.އަތޮޅަށް ކުރެއްވި ޒިޔާރަތާ ބެހޭ މައުލޫމާތު ދެއްވި.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު ކްރިމިނަލް ކޯޓަށް ހާޒިރުކުރެއްވުމާ ބެހޭ ގޮތުން ވާހަކަފުޅުދެއްކެވި. އެ ގޮތުން އަލިބެ ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓީއަކީ ހެޔޮ ނިޔަތުގައި ފޮނުއްވި ސިޓީއެއް ކަމަށް ވިދާޅުވި. އަދި އެންމެ ފަހުން ކޯޓުން އަމުރު ނެރުނީ ވެސް އެ މަގުން ކަމަށް ވިދާޅުވި.

“ކޯޓުތަކަކީ އެންމެ އަންޑިމޮކްރެޓިކް ތަންތަން. އެހެންކަމުން އިލެކްޓެޑް ބަޔަކާ މެދު ހާއްސަކޮށް އެންމެ ބޮޑު ސިޓީ ކައުންސިލާ މެދު ކަންތައް ކުރައްވާއިރު، ވަރަށް ހަރުދަނާކޮށް، ތާކުންތާކު ނުޖެހޭ ސަމާސާ ކަންތައްތަކެއް ނުކުރެވޭނެ” އިންތި ވިދާޅުވި

ޕީއެމްގެ މެންބަރުންނަށް ވެސް ބޮނޑިބަތް ކެވޭނޭ ކަމަށް ވިދާޅުވެ އެޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ދެއްކެވި ވާހަކަފުޅަށް އަލިއަޅުވާލައްވަމުން އިންތި ވިދާޅުވީ ބޮނޑިބަތް ކެއުމަކީ ގޯސް ކަމަކަށް ވަނީ އެމްޑީޕީން އެކަން ކުރުމުން ކަމަށާއި، އެމްޑީޕީން ބޮނޑިބަތްކާނަމަ ތެލިވެސް ކުށްވެރިވާ ކަމަށް އިންތި ވިދާޅުވި

ޝާހް ސެކްރެޓަރީ ޖެނެރަލް ކަމުން ވަކިކުރުމަށް ހުށަހެޅުމަށް ނިންމީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްއަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް އިންތި ވިދާޅުވި.

ބޮޑު ބަޣާވާތަކަށްފަހު، އެއާ ވިއްދައިގެން ސަރުކާރުން ކުދި ބަޣާވާތްތައް ކުރަމުންދާ ކަމަށް ވިދާޅުވި. އަދި އާސަންދަ ކަނޑާލައި އާންމުން ބާޣީ ސަރުކާރުގެ އިސްވެރިންގެ “ފޫބުޑަށް ސަލާން ޖަހަން” ފޮނުވުމަށް ވަރަށް ބޮޑަށް ބާޣީ ސަރުކާރުން މަސައްކަތް ކުރި ކަމަށް އިންތި ވިދާޅުވި. އަދި ޕޮލިސް ސްޓޭޓަކަށް ރާއްޖެ ހެދުމަށް ވެސް ބާޣީ ސަރުކާރުން މަސައްކަތްކުރާ ކަމަށް ވިދާޅުވި