އެމްޑީޕީ އަންހެނުންގެ ރޫހުން މާދަމާ ފާފު އަތޮޅަށް ފުރަނީ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫޙްގެ ޓީމެއް ފާފުއަތޮޅަށް ކުރާ ދަތުރެއްގައި މާދަމާ ފުރާނެއެވެ.

3 ދުވަހުގެ މި ދަތުރުގައި އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަޙުމަދާއި، އެމްޑީޕީ މެދު ޕްރޮވިންސްގެ ރައީސް އަދި ރައީސް ނަޝީދުގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިހާބް އާއި، ޓުއަރިޒަމް މިނިސްޓަރ މަރިޔަމް ޒުލްފާ އާއި އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދުގެ އިތުރުން އެމްޑީޕީ އަންހެނުންގެ ރޫޙްގެ އިސް މެންބަރު ޢައިޝަތު އާނިޔާ ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނީ ފާފުއަތޮޅަށް މިކުރާ ދަތުރަކީ އެރަށްރަށުގެ އަންހެނުންގެ ރޫޙް އެކްޓިވޭޓް ކުރުމަށްޓަކައި ކުރާ 5 ދުވަހުގެ ދަތުރެއް ކަމަށެވެ. އަދި މި ދަތުރުގައި ފާފުއަތޮޅުގެ ރަށްރަށުގެ އެމްޑީޕީ އަންހެނުންގެ ރޫހްގެ ހުރިހާ މެންބަރުންނާ ބައްދަލުކޮށް އިދާރީ ގޮތުން ޕާޓީގެ ހަރަކާތައް ހިންގާނެގޮތުގެ މައުލޫމާތު ދީ، އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ މެންބަރުންނަށް އިދާރީ ގޮތުންދޭންޖޭހޭ މައުލޫމާތުދިނުމުގެ ސެޝަންތަކެއް ބާއްވާނޭ ކަމަށް ވެސް ޝިޔާމާ ވިދާޅުވިއެވެ.