އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބޭފުޅުންނާ އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު އެމްޑީޕީ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެއްވީ އިންކުއިރީ ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތާއި، އޯލްޕާޓީ ޓޯކްސް ހިނގާ ގޮތާއި ބެހޭ ގޮތުންނެވެ.