އިއުލާނު: އެމްޑީޕީ ސެކްރެޓޭރިއަޓަށް ރިސެޕްޝަނިސްޓަކާއި ލީގަލް ޑިރެކްޓަރެއް ބޭނުންވެއްޖެ

MDP/2012/I-025

ވަޒީފާގެ ފުރުޞަތު

މިޕާޓީގެ، ޤައުމީ ސެކްރެޓޭރިއަޓްއަށް ތިރީގައި މިދަންނަވާ މަގާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

ލީގަލް ޑިރެކްޓަރ
ބޭނުންވާ އަދަދު 1
ފެންވަރު ނުވަތަ ޝަރުތު:
ޝަރުތު: ޤާނޫނީ ދާއިރާގައި މަސައްކަތްކުރުމުގެ ތަޖުރިބާލިބިފައިވުމާއިއެކު، ޤާނޫނީ ދާއިރާއިން މަތީ ތަޢްލީމް ހާސިލްކޮށްފައިވުން.
ރިސެޕްޝަނިސްޓް
ބޭނުންވާ އަދަދު: 1
ޝަރުތު: މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ދަށްވެގެން ސާނަވީ އިމްތިހާނަކުން އިނގިރޭސިއާއެކު ދެ މާއްދާއިން “c” ގްރޭޑް ލިބިފައިވުމާއި، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި ދިވެހި މިމާއްދާއިން ދަށްވެގެން “c” ގްރޭޑް ލިބިފައިވުމާއި، ކޮމްޕިއުޓަރަށް އަހުލުވެރިވުން.
މުސާރަ: 4000.00ރ

މިމާޤާމުތަކަށް މީހުން ހޮވުމުގައި މި ޕާޓީގެ މެންބަރުންނަށް އިސްކަން ދެވޭނެއެވެ.

މިމަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން 27 މޭ 2012 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ 2 ވަނަ ފަންގިފިލާ) އަށް ސިޓީއާއި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މައުލޫމާތު: ފޯން 3340044، ފެކްސް 3322960، އީމެލްއިލް: secretariat@mdp.org.mv
22 މޭ 2012