އެމްޑީޕީގެ ޕްރެސް ކޮންފަރެންސް ވަގުތުން

އެމްޑީޕީ އޮފީހުގެ ފުރަތަމަ ފަންގިފިލާގައި ބާއްވާ މިއަދުގެ ޕްރެސް ކޮންފަރެންސް ދެއްވަނީ އެމްޑީޕީގެ ސްޕޯކްސްޕާސަން އިންޓަރނޭޝަނަލް ހާމިދު ޢަބްދުލްޤަފޫރާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ޔޫތު މިނިސްޓަރ ޙަސަން ލަތީފް.

17.32: ބާޣީ ސަރުކާރުން ގޮތް ބަދަލުކޮށް ހަތިޔާރު ބަހައްޓަން ޖެހުނީ ކޮމަންވެލްތާއެކު ރައްޔިތުން ތިބި ކަމުގެ އަޑު ބާޣީ ސަރުކާރަށް އިއްވިލެއް ބާރުކަމުން ކަމަށް ޙަސަން ލަތީފް ވިދާޅުވި. ބާޣީ ސަރުކާރު ޕްރެޝަރަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއްކުރީ ޕާޓީގެ އާންމު މެންބަރުން ކަމަށާއި، އެހެން ކަމުން އެމްޑީޕީގެ އާންމު މެންބަރުންނަށް ދެބޭފުޅުން ވެސް ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވި

17.30: “ކުރުކޮށް ދަންނަވާނަމަ މި އިންވެސްޓިގޭޝަނަކީ ބޭނުން ކަމެއް ވެސް ނޫން. މިއީ ބަޣާވާތެއް ކަން ގަބޫލުނުކުރަނީ މަދުބައެއް” ހާމިދު ވިދާޅުވި.

17.25: އިންކުއިރީ ކޮމިޝަން އެކުލަވާލުމުގައި ސަރުކާރުގެ ނިޔަތް ރަގަޅެއް ނޫން. އެހެން ނޫން ނަމަ ފުރަތަމަ އެ ކޮމިޝަން އެކުލަވާލުމުގައި ވެސް ރައީސް ނަޝީދުގެ ފަރާތުން މަންދޫބަކު ބައިވެރި ކުރީސް ކަމަށް ޙަސަން ލަތީފް ވިދާޅުވި.

17.20: “ރާއްޖެއަކީ ބަޣާވާތުން ބަޣާވާތުން ބުރުޖަހަމުން އައިސްފައިވާ ގައުމެއް” ކަމަށް ހާމިދު ވިދާޅުވި

17.15: ރައީސް ނަޝީދު ހުށަހަޅުއްވާ ހުރިހާ ނަމެއް ރިޖެކްޓްކުރަމުންދާ ކަމަށް ހާމިދު ވިދާޅުވި. އެހެން ނަމަވެސް ބޯހަރުކޮށްގެން ތިބުމަކީ އެމްޑީޕީން ކުރާނޭ ކަމެއް ނޫން ކަމަށް ހާމިދު ވިދާޅުވި. އިސްމާޢީލް ޝަފީއު އެ ކޮމިޝަން ޗެއަރ ކުރުމަކީ އެމްޑީޕީން އެއް ގޮތަކަށް ވެސް ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށް ހަސަން ވިދާޅުވި. މިކަމުގައި އެމްޑީޕީން ވަރަށް ބޮޑަށް ދޫދީފައިވާ ކަމަށް ޙަސަން ވިދާޅުވި.

17.10: ބާޣީ ސަރުކާރުން ކަނޑައަޅާ ޝަރުތުތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ހިމަނުއްވާ ބޭފުޅަކީ ބަޣާވާތާ ގުޅޭގޮތުން އާންމުތަނެއްގައި ވާހަކަދައްކާފައިވާ މީހަކަށް ވެގެން ނުވާނޭ ކަމަށް ބުނަމުންދާ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީގެ 50000 މެންބަރުންގެ ތެރެއިން ބަޣާވާތާ ދެކޮޅަށް އަޑުއުފުލާފައިނުވާ މީހަކު ހޯދުމަކީ ދަތިކަމެއް ކަމަށް ހަސަން ވިދާޅުވި. އަދި 2 ހަފްތާގެ ތެރޭގައި ރައީސް ނަޝީދުގެ ފަރާތުން ބޭފުޅަކު ކަނޑަނޭޅިއްޖެ ނަމަ ގާނޫނީ ވަކީލަކު ހިމަނައިގެން އެ ކޮމިޝަނުގެ މަސައްކަތް ކުރިޔަށް ގެންދާނޭ ކަމަށް ބާޣީ ސަރުކާރުން ބުނަމުންދާ ކަމަށް ހަސަން ވިދާޅުވި. އަދި ބާޣީ ސަރުކާރުން ހުށަހަޅާ ޝަރުތުތަކަކީ ވަރަށް ތާކުންތާކު ނުޖެހޭ ޝަރުތުތަކެއް ކަމަށް ވިދާޅުވި

17.07: ރައީސް ނަޝީދުގެ ފަރާތުން ކަނޑައަޅާ ފަރާތަކީ އެހެން ފަރާތަކުން ބަލަންޖެހޭ ކަމެއް ނޫން ކަމަށް ހާމިދު ވިދާޅުވި

17.05: އެ ކޮމިޝަނުން ބަލާނީ ރައީސް ނަޝީދު އިސްތިއުފާދެއްވީ މަޖުބޫރުވެގެންތޯ އާއި، ވެރިކަން ބަދަލުވީ ގޮތް ކަމަށް ހަސަން ލަތީފް ވިދާޅުވި. ފޮޓޯއާއި ވީޑިއޯ ފަދަ ތަކެތި އެ ކޮމިޝަނަށް ހުށަހެޅޭގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ކޮމިޝަނުގެ މަސައްކަތް 31 ޖުލައިގެ ނިޔަލަށް ނިންމަންޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވި

16.57: “މިއަދު ނޫސް ވެރިންނާ ބައްދަލުކުރަން ހަމަޖެއްސީ ވަރަށް ތާރީޚީ އެނައުންސްމެންޓެއް ދެވެން އޮތީމަ. އަދި މި ޚަބަރަކީ ބަޣާވާތުގައި ބައިވެރިވި ފަރާތްތަކަށް އެހާ ރަގަޅު ކަބަރަކަށް ނުވާނެ. އެ ޚަބަރަކީ ސީމެގުން އެދޭފަދަ ގޮތަށް އިންކުއިރީ ކޮމިޝަން މިނިވަންވި ކަމުގެ ޚަބަރު” ކަމަށް ހާމިދު ވިދާޅުވި. ހާމިދު ވިދާޅުވީ 3 ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ އިންކުއިރީ ކޮމިޝަންގައި 5 ބޭފުޅުން ތިއްބަވާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށާއި، އެއީ ބޭރު ފަނޑިޔާރަކާއި، ރައީސް ނަޝީދުގެ ފަރާތުން އިންނަވާ ބޭފުޅަކު ކަމަށް

16.50: ނޫސް ކޮންފަރެންސް ފެށިއްޖެ. މި ނޫސް ކޮންފަރެންސް ރާއްޖެޓީވީން ވަގުތުން ދުރަށް ގެނެސްދޭ.