ރައީސްނަޝީދު ޑޮޓް ކޮމް އާއި ކުލަޔެލޯ ޑޮޓް ނެޓް ރަސްމީކޮށް އިފްތިތާޙްކޮށްފި

އެމްޑީޕީގެ އެންމެ އިސް ލީޑަރު ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ޚަބަރުތައް ތާޒާކަމާއެކު ގެނެސްދިނުމަށް ރައީސްނަޝީދު ޑޮޓް ކޮމްގެ ނަމުގައި ހަދާފައިވާ ވެބްސައިޓާއި، މަޝްހޫރު ކުލަޔެލޯ ފޭސް ބުކް ޕޭޖްގެ ވެބްސައިޓް ކުލަޔެލޯ ޑޮޓް ނެޓް ރޭ ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ.

އެމްޑީޕީން އިންސާފުގެ މައިދާނުގެ ގޮތުގައި ބޭނުންކުރަމުން އަންނަ އުސްފަސްގަނޑުގައި ދަންމާނު ބޮޑުބެރު ގްރޫޕްގެ ބޮޑުބެރާއެކު ރޭ ކުރިޔަށް ގެންދިޔަ މި ޙަފްލާގައި ކުލަޔެލޯގެ ވެބްސައިޓު ލޯންޗްކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑަ) އެވެ. އަދި ރައީސް ނަޝީދުގެ ޚަބަރުތައް ގެނެސްދިނުމަށް ހާއްސަ ވެބްސައިޓް ރައީސްނަޝީދު ޑޮޓް ކޮމް ލޯންޗްކޮށްދެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ.

ރައީސް ނަޝީދަށް ޚާއްސަކޮށް އެމްޑީޕީއަށް ތާޢީދުކުރާ ޒުވާނުން ފަރުމާކޮށްފައިވާ ވެބްސައިޓްގައި އެމަނިކުފާނާއި ގުޅޭ ޚަބަރުތަކާއި، މައުލޫމާތާއި، ފޮޓޯތަކާއި، އެމަނިކުފާނު ދެއްވާ ޚިތާބުތައް ވެސް ހުންނާނެއެވެ.