ފުވައްމުލަކު ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއަށް ސޮއިކޮށްފި

ފުވައްމުލަކު ދަޑިމަގު އަވަށުގައި ހުންނަ އެމްޑީޕީ ހަރުގޭގައި ގިނަ އަދަދެއްގެ ބަޔަކު ރޭ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

ދަޑިމަގު އަވަށުގައި ހަދާފައިވާ އެމްޑީޕީ ހަރުގޭގައި ރޭ ގާތްގަޑަކަށް 103 މީހުން ސޮއިކޮށްފައިވާ ކަމަށް އެމްޑީޕީގެ ފުވައްމުލަކު އިސްއޮފިޝަލަކު ވިދާޅުވިއެވެ. އޭގެތެރޭގައި އަދާލަތު ޕާޓީގެ ގޮފިތަކުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންނާއި 23 ޑިސެމްބަރ އިއްތިހާދަށް ނިސްބަތްވާ ޕާޓީތަކުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުންނާއި، މުޅިންއަލަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރެއްވި ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ސޮއި ކުރުމުގެ ހަރަކާތްތަކެއް މިރޭ ފުނާޑު އަވަށު ހަރުގޭގައި ވެސް އޮންނާނޭ ކަމަށް އެމްޑީޕީ ފުވައްމުލަކު އޮފީހުގެ އިސްބޭފުޅަކު ވިދާޅުވިއެވެ.