ރައީސް ނަޝީދަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ފުވައްމުލަކަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށްޓަކައި ފުވައްމުލަކުގައި އެމަނިކުފާނު އަޅުއްވައިދެއްވި އެއަރޕޯޓަށް ހާހުން މީހުން ޖަމާވެ، “އެއަރޕޯޓްގެ ބާނީ އަކީ ރައީސް ނަޝީދު،” “ދެން ވެސް ހޮވާނީ ރައީސް ނަޝީދު” ފަދަ އިބާރާތްތަކުން ގޮވަމުންދިޔައެވެ.

ރައީސް ނަޝީދު ފުވައްމުލަކަށް މި ވަޑައިގެންނެވީ އެ ރަށުގައި އެމްޑީޕީން ބާއްވާ “އެމްޑީޕީ އިކުއެޓޯރިއަލް ގެދަރިންގ” ގައި ބައިވެރިވެވަޑައިގަތުމަށާއި، ފުވައްމުލަކުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވާ ލެއްވުމަށެވެ.