ފުވައްމުލަކުގައި މާދަމާ ފެށޭ އެމްޑީޕީގެ އިކުއިޓޯރިއަލް ގެދަރިންގ އަށް ތައްޔާރުވުމަށް މިރޭ ޖަލްސާ އެއް ބާއްވާނެ

އެމްޑީޕީ އިކުއިޓޯރިއަލް ގެދަރިންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވާނެ

ފުވައްމުލަކު އެއަރޕީޯޓްގެ މަސައްކަތުގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ

ފުވައްމުލަކުގައި މާދަމާ ފެށޭ އެމްޑީޕީގެ އިކުއިޓޯރިއަލް ގެދަރިންގ އަށް ތައްޔާރުވުމަށް މިރޭ ޖަލްސާ އެއް ބާއްވާނެ ކަމަށް ފުވައްމުލަކު އެމްޑީޕީ އޮފީހުން ބުނެފިއެވެ.

އެމްޑީޕީ ފުވައްމުލަކު މެދު ދާއިރާގެ ރައީސް އަޙުމަދު އިލްހާމް މިއަދު ވިދާޅުވީ މި ހަރަކާތަށް ތައްޔާރުވުމަށް މިރޭ ބާއްވާ ޖަލްސާ އޮންނާނީ ފުވައްމުލަކު އެމްޑީޕީ ހަރުގޭގައި ކަމަށެވެ.

އެމްޑީޕީ އިކުއިޓޯރިއަލް ގެދަރިންގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމްޑީޕީގެ އިސް ބައެއް މެންބަރުން މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވާނެއެވެ. އަދި ކޮންމެ ހުކުރު ދުވަހަކު “ކޮމަންވެލްތާއި އެކު ރައްޔިތުންގެ” ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ ސިލްސިލާގެ ތެރެއިން މާދަމާ ފުވައްމުލަކުގައި ބާއްވާ ބޮޑު މުޒާހަރާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ފުވައްމުލަކުގެ އެމްޑީޕީ އިސް މެންބަރެއް ކަމަށްވާ ޝައްފާފް ނަސީރު މިއަދު ވިދާޅުވީ، ” ހިސްޓޯ (ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގް މުފީދު) ޕީޕީއެމް އާ ގުޅިވަޑައިގެންނެވި ނަމަވެސް، ފުވައްމުލަކުން ހިސްޓޯއާއެކު ބަޔަކު ނުދާކަން މާދަމާގެ މުޒާހަރާއިން ސާބިތު ކޮށްދޭނޭ” ކަމަށެވެ.