އދ. ހަންޏާމީދޫ އަދި އއ.މަތިވެރި ކައުންސިލްގެ ބައި އިލެކްޝަން އިޢުލާން ކޮށްފި
އދ.ހަންޏާމީދޫ

އދ.ހަންޏާމީދޫ އަދި އއ.މަތިވެރި ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން 23 ޖޫން ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައި އެކަން އިޢުލާނުކޮށްފިއެވެ.

މި ދެކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރުކަމުގެ މަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2012 މެއި 09 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 2012 މެއި 22 ވާ އަންގާރަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 9:00 ން ހަވީރު 3:00 އާ ހަމައަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން ހުކުރު ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:30 ން ހަވީރު 5:00 އަށް ކަމަށާއި، ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ އިލެކްޝަންސް ކޮމިޝަނުގެ 5 ވަނަ ފަންގިފިލާގައި ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.