އެމްޑީޕީ މަރަދޫ ދާއިރާގެ ނޫސް ބަޔާން

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، އެމްޑީޕީ ބައިބައި ކުރުމުގެ ނިޔަތުގައި އެމްޑީޕީއާ ދެކޮޅަށް ހިންގާ ކަންތައްތައް އެމްޑީޕީ މަރަދޫ ދާއިރާގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގެ 16 ވަނަ މާއްދާގެ ހ އަދި ށ ގައި ބަޔާންކުރާ ކޮންމެ މެންބަރަކަށް ވެސް ވާޖިބުވާކަންތަކާއި އަލްހާން ފަހުމީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފްވެފައިވާތީ އެމްޑީޕީގެ މެންބަރުކަމުން އަލްހާން ފަހުމީ ވަކިކުރުމަށް އެމްޑީޕީގެ މަރަދޫ ދާއިރާގެ ފަރާތުން އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ގޮވާލަމެވެ.

ބަޔާން ނެރުނީ:
އަޙުމަދު ރަޝީދު
އެމްޑީޕީ މަރަދޫ ދާއިރާގެ ރައީސް
7906162

އަލްހާނުގެ އަމަލުތައް ކުށްވެރިކޮށް އެމްޑީޕީ މަރަދޫ ދާއިރާ އިން ނެރުނު ނޫސް ބަޔާނުގެ ޕީޑީއެފް ފައިލް