އެމްޑީޕީން މިރޭ ސީދާ ހަރަކާތަށް ނިކުންނަނީ

އަވަސް އިންތިޚާބަކަށް ގޮވާލައި ފެބްރުއަރީ 8 ވަނަ ދުވަހުން ފެށިގެން އެމްޑީޕީން ހިންގަމުންދާ ސިލްސިލާ ހަރަކާތްތަކުގެ ދަށުން މިރޭ އެ ޕާޓީން އަނެއްކާ ވެސް ސީދާ ހަރަކާތަށް ނިކުންނަން ނިންމައިފިއެވެ.

އެމްޑީޕީން މިރޭ ސީދާ ހަރަކާތަށް ނިކުތުމުގެ ކުރިން އުސްފަސްގަނޑުގައި ރައީސް ނަޝީދު އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާޠަބުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެމްޑީޕީއަށް ސަޕޯޓްކުރައްވާ ހުރިހާ ފަރާތްތަކުންނާއި، ބަޣާވާތާއި ދެކޮޅު ހުރިހާ ފަރާތްތަކުން މިރޭ 9.15 އަށް އުސްފަސްގަނޑަށް ހާޒިރުވުމަށް އެމްޑީޕީން ވަނީ މިއަދު ގޮވާލާފައެވެ.