ފާދިއްޕޮޅު ނައިފަރުގެ އެމްޑީޕީ ސަޕޯޓަރުން އެރަށު މެޖިސްޓްރޭޓް ކޯޓުދޮށުގައި މުޒާހަރާކުރަމުން އެބަގެންދެއެވެ.
މިއަދު އެގާރަޖެހި އިރު މި މުޒާހަރާ ފެށުނީ އެރަށުގެ ދެޒުވާނެއްގެ މައްޗަށް ނައިފަރު ކައުންސިލުން ކުރާދައުވާގެ އަޑުއަހަން ނަންނޯޓުކުރި ބަޔަކު އެމައްސަލައިގެ އަޑުއެހުމަށް ނުވެއްދުމާއި ގުޅިގެން އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުންކަމަށް އެމްޑީޕީ ނައިފަރު ދާއިރާގެ ނައިބު ރައީސް ވަދީފްމޫސާ ވިދާޅުވި އެވެ.
ބާޣީ ވަހީދަށް ނައިފަރު ކައުސިލުން ދިން ދައުވަތަކަށް އެނާ މިދިޔަ މަހުގެ 28 ގައި ނަފަރަށް ޒިޔާރަތްކުރަން ހަމަޖެހިފައި އޮތަތީ، ވަހީދަކީ އެރަށުގެ ރައްޔިތުން ގަބޫލު ކުރާވެރިއެއް ނޫންކަން ހާމަކުރުމުގެ ގޮތުން ނައިފަރުގެ ހަނި މަގުތަކުގައި މަގުދިގަށް ވިހިފޫޓު އުހުގައި ދަމާފައި ހުރި ބެނާތަކާއި ދިދަފަތި ތަކަކީ ގާނޫނު އަސާއިން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކާ މިނިވަންކަމުގެ ތެރޭގައި ރައްޔިތުންގެ ޝުޢޫރުތަށް ފާޅުކުރުމަށް ދެމި ތަކެތި ކަމަށް އެމަސައްކަތް ކުރި ފަރާތްތަކުން ބުނެފައިވަނިކޮށް، އެތައްބަޔަކު ވެގެން ކުރި އެމަސައްކަތާއި ވިދިގެން އެންމެ ދެޒުވާނަކު ހައްޔަރު ކުރަން ބާޣީ ސަރުކާރުން އުޅުމަކީ ރައްޔިތުން ބަލައިގަންނާނޭކަމެއް ނޫންކަމަށް މުޒާހަރާގެ ބައިވެރިން ގޮވަމުންދާ ކަމަށް ވަދީފް ވިދާޅުވިއެވެ.
މީގެ އިތުރުން އެންމެން ކުރި ކަމެއްގެ ސަބަބުން އެކަކު ދެ މީހެއްގެ މައްޗަށް ޝަރީޢަތްކުރެވިގެން ނުވާނޭ ކަމަށާއި، އެހެންކަމާއެކު އެމަސައްކަތުގައި ބައިވެރިވި އެންމެން ހައްޔަރު ކުރުމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވަމުންދާ ކަމަށް ވަދީފް ވިދާޅުވިއެވެ.
އަދި ކޯޓުތަކުގެ ފަނޑިޔާރުންނަކީވެސް ބަޤާވާތަކުން މަގާމުތައް ފޭރިގެންފައިވާ ބައެއްކަމަށް ކަމަށާއި، ޝަރުޢީ ދާއިރާ މުސްތަގިއްލުކޮށް ޢަދުލުއިންޞާފް ގާއިމްކުރުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވަމުންނެވެ.