މި ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބް 16 ޖޫން 2012 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފީމެވެ. ވީމާ މިމަޤާމްތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަޤާމަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ ސެކްރެޓޭރިއަޓަށް 13 މޭ 2012 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
1. ހއ. ބާރަށު ދާއިރާގެ ނާއިބު ރައީސް
2. ހދ. ނޮޅިވަރަމް ދާއިރާގެ ނާއިބު ރައީސް
3. ރ. ދުވާފަރު ދާއިރާގެ ސެކްރެޓަރީގެ ނާއިބު
4. ފޭދޫ ދާއިރާގެ ސެކްރެޓަރީގެ ނައިބު
5. ހުޅުހެންވޭރު ދާއިރާގެ ސެކްރެޓަރީ
6. ހުޅުހެންވޭރު ދާއިރާގެ ސެކްރެޓަރީގެ ނާއިބު
7. މެދުހެންވޭރު ދާއިރާގެ ސެކްރެޓަރީ
8. މައްޗަންގޮޅި އުތުރު ދާއިރާގެ ނާއިބު ރައީސް
9. މާފަންނު އުތުރު ދާއިރާގެ ސެކްރެޓަރީ
މިހެންވެ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ތާރީޚް: 07 މެއި 2012