ނޫސް ބަޔާން: ހުޅުދުއްފާރު އެމްޑީޕީ ގޮފިތަކުގެ ނޫސްބަޔާން

މިއަދު ޤައުމަށް ދިމާވެފައިމިވާ ނާޒުކު ޙާލަތުން އަރައިގަތުމަށާއި، ސިޔާސީގޮތުން ޤައުމު ވެއްޓިފައިމިވާ ފުން އަނދަވަޅުން ސަލާމަތްވުމަށާއި އަދި ޤައުމުގައި ޢަދުލު އިންސާފު ޤާއިމްކޮށް ޑިމޮކްރަސީ އަނބުރާ ހޯއްދަވައިދެއްވުމަށް މި ޤައުމުގެ ޑިމޮކްރަޓިކް ފުރަތަމަ އިންތިޚާބީ ރައީސް މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށް ހުޅުދުއްފާރު އެމް.ޑީ.ޕީގެ ގޮފިތަކުން ނާއި އަދި ހުޅުދުއްފާރުގެ އެމް.ޑީ.ޕީ ހުރިހާ މެމްބަރުންނާއި ސަޕޯޓަރުން ފުރިހަމައަށް ތާޢީދު ކުރަމެވެ.

މި ދެންނެވި މަސައްކަތްތަކަށް ހުރަސްއަޅާ ޕާޓީގެ މެމްބަރުންގެ ރޫޙާއި ވިންދާއި ދެކޮޅަށް ޕާޓީގެ ކުރީގެ ރައީސް ޑޮކްޓަރ އިބުރާހީމް ދީދީ އާއި ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ކުރައްވަމުން ގެންދަވާ ނާތަހުޒީބު ޢަމަލުތައް ކުށްވެރިކުރަމެވެ. އަދި ޕާޓީގެ ރައުސުލްމާލު ކަމުގައިވާ ޕާޓީގެ ޢާއްމު މެމްބަރުންގެ ވިންދާ އެއްގޮތަށް ޕާޓީގެ ޤައުމީ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތުން ޕާޓީގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ނިންމި ނިންމުމަކީ ޕާޓީގެ ހަމަޖެހުމަށްޓަކައި ނިންމެވި ވަރަށް މުނާސަބު ނިންމެވުމެއްކަމުގައި ދެކޭހިނދު އެނިންމެވުމަށް ފުރިހަމައަށް ތާޢީދު ކުރާވަހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

05 މެއި 2012

ފެނޭބާގޮފީގެ ރައީސް: މުޙައްމަދު ވަސީމް
ހުޅުދުއްފާރު ގޮފީގެ ރައީސް: މުޙައްމަދު ރަޝީދު