އެމްޑީޕީގެ އަންހެނުންގެ ރޫޙުން އަވަސް އިންތިޚާބަކަށް ގޮވާލާ މިހާތަނަށް 14 ޖަލްސާ ބާއްވައިފި

ޝިޔާމާ އަހުމަދު

އެމްޑީޕީގެ އަންހެނުންގެ ރޫޙުން އިސްނަގައިގެން ބަޣާވާތާ ދެކޮޅަށް އިހުތިޖާޖުކޮށް އަވަސް އިންތިޚާބަކަށް ގޮވާލާ 14 ޖަލްސާއެއް ބާއްވާއިފިކަމުގައި އަންހެނުންގެ ރޫޙުގެ ރައީސާ ވިދާޅުވެއްޖެއެވެ.

މިމަހުގެ ދެވަނަ ދުވަހުގެ ރޭ 9.00 ގައި ހެންވޭރު އުސްފަސްގަނޑުގައި ބޭއްވި 14 ވަނަ ޖަލްސާ ގައި ރައްޔިތުންގެ ވޯޓުން ރައްޔިތުން އެދޭބޭފުޅަކު ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބު ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ދިނުމަށް ގޮވާލާފައިވެއެވެ. އަދި ބަޣާވާތް ކޮށްގެން ވެރިކަން ކުރުމަކީ ރާއްޖޭގެ ގާނޫނުއަސާސީ ހުއްދަކުރާކަމެއް ނޫންކަމަށާއި، ބަޣާވާތުގެ ވެރިކަން ރައްޔިތުން ގަބޫލުނުރާކަން ބަޔާންކޮށް ބޭފުޅުންވާހަކަ ދައްކަވާފައި ވެއެވެ.

މިޖަލްސާގައި އަންހެނުންގެ ރޫޙްގެ ރައީސާގެ އިތުރުން ޑޮކްޓަރ މުސްޠަފާ ލުޠުފީގެ އިތުރުން ޝަމީމާ އާއި، ހުޅުހެންވޭރު ދާއިރާގެ ޞަފިއްޔާ ވަނީ އަވަސް އިންތިޚާބަކަށް އެދި ބާޣީސަރުކާރަށް ގޮވާލާފައެވެ.