މަޖިލިސް މެންބަރުންނަށް ފައިސާގެ ނުފޫޒް ފޯރުވުމާ ދެކޮޅަށް މިއަދު އެމްޑީޕީން ނިކުންނަނީ

30 ޖޫން 2010

މަޖިލިސް މެންބަރުންނަށް ފައިސާގެ ނުފޫޒްފޯރުވުމާ ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީން މިއަދު މަގުމައްޗަށް ނިކުންނަ ގޮތަށް ހަމަޖައްސައިފިއެވެ.
އެގޮތުން މިއަދު ހަވީރު 4 ޖަހާއިރު އެމްޑީޕީން އިންތިޒާމްކޮސްގެން ބާއްވާ ހިނގާލުމެއް، ސޯޝަލް ސެންޓަރު ކައިރިން ފެށެނެއެވެ. މިހިނގާލުމުގައި ބައިވެރިވުމަށް މެދު އުތުރު ޕްރޮވިންސްގެ ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު މާލެ އަންނަމުންދާ ކަމަށް އެމްޑީޕީން ބުނެއެވެ.