ރައީސް ނަޝީދު ފައްޓަވައިދެއްވި އާސަންދަ ނިޒާމު ސިއްރު އެޖެންޑާ އެއްގެ ދަށުން ފުނޑު ފުނޑު ކުރުމުގެ މަސައްކަތް ބާޣީސަރުކާރުން ކުރަމުންގެންދަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބާޣީ ސަރުކާރު ގެނައުމުގެ ޙިއްސާދާރުން މެދުވެރި ކޮށްގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރ މުޙައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންޓަވަލް ގަޑީގައި ނޫސްވެރިންނާ ވާހަކަދައްވަމުން ރިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހުމަދު ނާޒިމްގެ މުގައްރިރުކަމުގެ ދަށުންހިންގާ މާލިއްޔަތު ކޮމެޓީއިން ރާވާފައިވާ ސިއްރު ރޭވުމެއްގެ ތެރެއިން އާސަންދަ ހުއްޓާލާ ނަޝީދުގެ ސަރުކާރުން ބަޖެޓްގައި އެކަމަށް ކަނޑައެޅިފައިސާ ބާޣީސަރުކާރުގެ ބޭނުންތަކަށް ނަގަން މަސައްކަތް ކުރަމުން އެބަދާކަމަށައި މިއީ ރާއްޖޭގެ ނިކަމެތިރައްޔިތުންނަށް ނަޝީދުގެ ސަރުކާރުން ކޮންމެ ދިވެހި ރައްޔިތަކަށް ކަނޑައަޅުއްވާފައިވާ އެއްލައްކަ ރުފިޔާ ކަމަށާއި ޕްރައިވެޓް ކުލިނިކްތަކުންނާއި އަމިއްލަ ހޮސްޕިޓަލްތަކުން އާސަންދަ ހުއްޓާލުމަށް އެކުރާ މަސައްކަތާ ދެކޮޅަށް ދިވެހިރައްޔިތުން މިއަދު ނުކުންނަން ޖެހިއްޖެކަމުގައެވެ. އަދި ބާޣީ ސަރުކާރުން ގަސްދުކުރަނީ ހަމައެކަނި އައިޖީއެމް ހަސްފަތާލުން ނޫން އެހެންހުރިހާ ތަނަކުން އާސަންދައިގެ ޚިދުމަތް ހުއްޓާލުމަށް ކަމަށާއި، އެހެންވެއްޖެ ނަމަ ރައްޔިތުންނަށް އާސަންދައިގެ އެއްވެސް ބޭނުމެއް ނުކުރެވޭނޭ ކަމުގައި ވެސް ރިޔާޒް ވިދާޅުވިއެވެ.
ބާޣީ ސަރުކާރަށް އާސަންދަ ހުއްޓާލަން ނުކެރިގެން ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ރައްޔިތުން ނިކަމެތި ޙާލުގައި ޖެއްސުމަށް އެކުރާމަސައްކަތް މިހާރުންމިހާރަށް ހުއްޓާލުމަށްވެސް ރިޔާޒްވަނީ ގޮވާލައްވާފައެވެ. ބޭސްސިޓީޢަށް ސަލާން ޖެހުން ނައްތާލުމަށް ނަޝީދުގެ ސަރުކާރުން ކަނޑަ އެޅުއްވި އާސަންދައަށް ހަތްސަތޭކަފަންސާސް މިލިއަން ރުފިޔާ ވަނީ ރައީސް ނަޝީދުގެ އޯގާތެރި ސަރުކާރުން ހަމަޖައްސައިދީފައެވެ.