ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީ ޓިކެޓްގައި ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

30 ޖޫން 2010

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީ ޓިކެޓްގައި ކުރިމަތިލުމަށް އެޕާޓީން ހުޅުވާލާފައިވާ ފުރުޞަތު ވަކި މުއްދަތެއް ނެތް ގޮތަށް އިތުރުކޮށްފިއެވެ.
އެމްޑީޕީން މިގޮތަށް ނިންމީ އިއްޔެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އިސްތިއުފާދެއްވުމާ ގުޅިގެން މާލެތެރެ ހަލަބޮލިވެފައިވާތީ، މިދުވަސްވަރުގެ ގޮތުން މިފަދަ ކަމަކަށް ވަގުތު ދިނުމަށް ޕާޓީގެ މެންބަރުންނަށް، ދަތިވާނެތީ އާއި ގިނަ އަދަދެއްގެ ބަޔަކު ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް އެދި ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދޭތީ ކަމަށް އެޕާޓީން ބުނެއެވެ.