ނައިފަރު ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ ދެ މެންބަރަކަށް ރަށުކައުންސިލުން ކުރި ގާނޫނާއި ޚިލާފް އަމުރަކަށް ތަބަޢަ ނުވި މައްސަލާގައި މިއަދު ކޯޓަށް ޙާޟިރުކުރަނީ- ވަދީފް މޫސާ

ރަށުކައުންސިލްގެ ދަޢުވަތަކަށް ބާޣީވަޙީދު ނައިފަރަށް ވަޑައިގަންނަވަން އުޅުއްވާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުން ނައިފަރުދާއިރާ އަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން އެރަށުގައި ދަމާފައިހުރި ބެނާތައް ނެގުމަށާއި ރަށުކައުންސިލުގެ ހުއްދަ ނެތި އެފަދައެއްވެސް ބެނާއެއް ދަމައިގެން ނުވާނޭކަމަށް ރަށުކައުންސިލުން އަންގާފައި ވީހިނދު އެކަމަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އިޖާބަ ދީފައި ނުވާތީ ދެމެންބަރަކު މިއަދު ނައިފަރު މެޖިސްޓްރޭޓްކޯޓަށް ޙާޒިރުކުމަށް ޗިޓް ފޮނުވައިފިއެވެ.

އެމްޑީޕީގެ ނައިފަރު ދާއިރާގެ ނާއިބްރައީސް ވަދީފް މޫސާ ވިދާޅުވީ ގާނޫނުއަސާސީ އިން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމާއި، ދުލާ ގަލަމުގެ މިނިވަންކަމަށް އަރައިގަތުމަށް ނައިފަރު ކައުންސިލުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާތީ ހިތާމަކުރައްވާ ކަމުގައެވެ.

ވަދީފް އިތުރަށް ވިދާޅުވީ މިއަދު ކޯޓަށް ޙާޟިރުކުރުމަށް ޗިޓްފޮނުވާފައި ވަނީ ބެނާތައް ދެމި މެންބަރުންގެ ތެރޭގައި ހިމެނޭ ދެމެންބަރުންނަށް ކަމަށާއި ބާޣީ ސަރުކާރުގެ ނުފޫޒް އޮންނަ ބާޣީ ކޯޓަކުން އިންޞާފް ލިބޭނެކަމަށް އުންމީދު ނުކުރައްވާކަމަށެވެ. އެހެންކަމާއެކު ދިވެހިރާއްޖޭގެ ދުސްތޫރީ ސަރުކާރު ބަޣާވާތް ކޮށްގެން ފޭރިގެންފައިވާ ބަޔަކު ދައުލަތުގެ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރަމުން ދާނަމަ، ރައްތުން މަދަނީ ބަސްނޭހުމަކަށް ދާންޖެހިދާނޭކަމުގެ ބިރު އެބައޮތްކަމުގައެވެ. މީގެ އިތުރުން އިންޞާފް ހޯދަން ދާނޭ މުސްތަގިއްލު އެވެސް މުއައްސަސާއެއް މިރާއްޖޭގައި ގާއިމްވެފައި ނުވާހިނދު ރައްޔިތުންގެ މެދުގައި މިދެންނެވިފަދަ ލާއިންސާނީ ޢަމަލުތަށް ހިނގާދިއުމުގެ މަގު ބާޣީސަރުކާރުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ހުޅުވިގެން ހިނގައިދާނޭކަމުގެ ބިރުވެސް އެބައޮތް ކަމުގައި ވަދީފް މޫސާ ވިދާޅުވިއެވެ.