މަޑަވެލި ދާއިރާގެ ހިންގާ ކޮމެޓީގެ ޖަލްސާއެއް ރޭ ބާއްވައިފިއެވެ.
މިޖަލްސާގައި ދާއިރާގެ އެކައުންޓް ހުޅުވުމަށް އަޕާރ ސައުތު އިނިޝިއޭޓިވް ގޮފީގެ ރައީސް އަހްމަދު އާދަމް ހުށަހަޅައި ހޯނޑެއްދޫ ކައުންސިލް އެމްޑީޕީ މެންބަރ މުޙައްމަދު ޝިރާން ތާއިދުކުރެއްވި ޤަރާރު ވަނީ އެވަގުތު ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. މީގެ އިތުރުން މަޑަވެލި ދާއިރާގެ ސައްޚަނުކޮށް ހުރި ގޮފިތައް ޖޫންމަހުގެ ކުރިން ސައްޚަ ކުރުމަށް ނިންމައި އަދި ދާއިރާ އޮފީސް ޤާއިމްކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި މިހާރު ޤައުމަށް ގެނެސްފައިމިވާ ބަޤާވާތައި ބެހޭގޮތުންވެސް މެންބަރުންވަނީ ވާހަކަދައްކަވާފައެވެ. މީގެ އިތުރުން ހޯނޑެއްދޫ ކައުންސިލް މެންބަރ މުޙައްމަދު އަޔާޒުގެ ކެންޑިޑެންސީ ބާތިލްކޮށް މުސާރަ ހިފެހެއްޓުމަށް ހޯނޑެއްދޫ ކައުންސިލުން ފާސްކޯށްފައިވާ ޤައިރުޤާނޫނީ ޤަރާރާއި މިހާތަނަށް ކައުންސިލުން އަމަލުކުރަމުން އައިސްފައިވާ ގޮތުގެ މައުލޫމާތު މުޙައްމަދު އަޔާޒުވަނީ ހިއްސާކޮށްފައެވެ.
ގދ. ހޯނޑެއްދޫ ޖޭމުގަސްދޮށުގޭގައި ބޭއްވި މިބައްދަލުވުމުގެ ރިޔާސަތުބެލެހެއްޓީ މަޑަވެލި ދާއިރާގެ ނައީބް ރައީސް މުޙައްމަދު މައުރޫޕްއެވެ. މަޑަވެލިދާއިރާގެ ހިންގާކޮމެޓީގެ އިތުރުން ގޮފިތަކުގެ ރައީސުންނާއި އެމްޑީޕީ ކައުންސިލް މެންބަރުންވެސް މިޖަލްސާގައި ބައިވެރިވިއެވެ.