މާފަރު ކައުންސިލްގެ ބައި އިލެކްޝަން ކުރިޔަށް

ނ. މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެ އެވެ.

މާފަރު ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަކީ އެމްޑީޕީން ނެރޭ ކެނޑިޑޭޓްމާފަރު ހީނާމާގޭ، މުހައްމަދު އަބްދުލް ޣަނީ އާއި، އެމްޑީޕީގެ އަސާސީ ގަވައިދާއި ޚިލާފަށް އަމަލުކުރުމުގެ ސަބަބުން އެ ޕާޓީގެ މެންބަރުކަމުން ވަކިކުރުމާ ގުޅިގެން ކައުންސިލްގެ މެންބަރުކަން ގެއްލުނު، އަންވަރު އަބްދުލްޣަނީ އެވެ. އޭނާ ވާދަކުރައްވަނީ ޕީޕީއެމްގެ ޓިކެޓްގަ އެވެ.