ކުރެންދޫގައި ވެސް އިއްޔެ މުޒާހަރާކުރި

އެމް.ޑީ.ޕީ ކުރެންދޫ ދާއިރާގެ އަންހެނުންގެ ގޮފިން އިސްނަގައިގެން އަވަސް އިންތިޙާބަކަށް ގޮވާލާ އިއްޔެ ހަވީރު 4:30 ން 6:00 އަށް ސުލްޙަވެރި ހިނގާލުމެއް ކުރެންދޫގައި ބާއްވައިފިއެވެ.

މި ހިނގާލުމުގައި އެމް.ޑީ.ޕީ ކުރެންދޫ ދާއިރާގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެ ލެއްވިއެވެ. މި ހިނގާލުމުގައި ކޮމަންވެލްތުން އަވަސް އިންތިޙާބަކަށް ގޮވާލާފައިވާތީ އެ އަޑު އިއްވުމަށްޓަކައި އަޑު އުފުލާފައިވެއެވެ. މިގޮތުން އިންތިހާބެއް 2012 ވަނަ އަހަރު ނިމުމުގެ ކުރިން ބޭއްވުމަށާއި ބަޢާވާތް ކޮށްގެން ވެރިކަމަށް ވެރިވެ ގެންފައި ވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް އިސްތިޢުފާ ދެއްވުމަށް ގޮވާލާފާވެއެވެ